އިންޑިއާގައި ކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތައްވުމަށްފަހު، ކައިވެނީގެ ހަފްލާއަށް ފެންފޯއް ދުފައިގެން ފިރިހެން މީހާ ދިއުމުން ކައިވެނި ކެންސަލް ކޮށްފިއެވެ.

އެ ފިރިހެން މީހާ ކައިވެނި ކުރަން އުޅުނު އަންހެން މީހާ ކައިވެނި ކުރިއަށްގެންދަން ބޭނުން ނުވީ، ފިރިހެން މީހާ މާވަރުގަދައަށް ދުފައިގެން ހުރުމުންނެވެ.

މަނިޔާރް ޕޮލިސް ސްޓޭޝަންގެ އޮފިޝަލް ޝައިލެންޑްރާ ސިންގ ބުނީ، ކައިވެނި ކުރަން އުޅުނު އެ އަންހެން މީހާއަކީ މިޝްރައުލީ ވިލެޖަށް ނިސްބަތްވާ އަންހެެނެއް ކަަމަށާއި، ޚެޖުރި ވިލެޖަަށް ނިސްބަތްވާ ފިރިހެނަކާއި އޭނާ ކައިވެނި ކުރަން އުޅުނީ ޖޫން ފަސް ވަނަ ދުވަހު ކަމަށެވެ.

ކައިވެނީގެ ހަފްލާއަށް އެ ފިރިހެން މީހާ ދުފައިގެން އައުމުން، އެ މަންޒަރު އަންހެން މީހާއަށް ފެނި ކައިވެނި ކުރިއަށްގެންދަން އަންހެން މީހާ ބޭނުން ނުވީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކައިވެނި ކެންސަލް ކޮށްފައި ވަނީ އެތައް އިރެއް ވަންދެން އެކަމާއި ގުޅިގެން ވާހަކަ ދެއްކުމަށްފަހުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ އަންހެން މީހާ ފިރިހެން މީހާއާ ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް ބުނުމުން ދެ އާއިލާއިންވެސް ވަނީ އެ މީހުން ބަދަލު ކުރި ހަދިޔާތައް އަނބުރާ ރައްދު ކޮށްފައެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި އުއްތަރް ޕްރަދޭޝްގައި ހިނގާދިޔަ މިފަދަ ދެވަނަ ހާދިސާއެވެ.

މިދިޔަ ހަފްތާ ތެރޭގައި އަންހެނަކު ވަނީ އޭނާ ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ މަސްތުހާލުގައި ހަފްލާއަށް އައިސް އޭނާއެއްކޮށް ގަަދަކަމުން ނަށަން އުޅުނު މައްސަލާގައި ކައިވެނި ކުރަން ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. shareef

    ވުމަން އެންޕަވަރ މަންޓް

  2. ރޭޞް

    ތީ އެރެންޖްޑް މެރޭޖް އެހެންވީމަ އެހެންވާނެ! އެކަކު އަނެކަކަކަށް ނޭގި އާއިލާ އިން ރާވާ ކައިވެނި