ފިރިމީހާގެ ބައެއް ކަންކަން އަނބިމީހާއަށް ކޮންޓްރޯލް ނުކުރެވޭނަމަ އެކަމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ފިރިންގެ ކަންކަން ގޯހުން ގޯހަށް ދެއެވެ. ފިރިން މަގުއޮޅިގެން ދާއިރު ހަމަމަގަށް އަޅުވައިދޭން ގިނަ ފަހަރު ތިބޭ ބަޔަކީ އަނބިންނެވެ. ރީތި އަހްލާގީ ސިފަތައް ވެސް ބައެއް ފަހަރު ފިރިންނަށް ދަސްކޮށްދޭން އަނބިންނަށް ޖެހެއެވެ. މިއޮތީ ވެސް އެފަދަ މަންޒަރެކެވެ.

އިނގިރޭސިވިލާތައް އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ފަސްޓްލޭޑީ ޖިލް ބައިޑެން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ވަނީ ސިފައިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. ބައްދަލުވުމުގައި ބައިވެރިވަމުން ދިޔަ ސިފައިންނާއި މުހާތަބު ކުރައްވަން ޖިލް އަރައިވަޑައިގެން ވާހަކަފުޅު ފެއްޓެވިއިރު ވެސް ބައިޑެން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވިއެވެ. އެހެންކަމުން ޖިލް އެނބުރިވަޑައިގެން "އަހަރެން ދައްކާ ވާހަކައަށް ސަމާލުވާށޭ" ވިދާޅުވުވެ "ހަރުކަށި" އިޝާރާތެއް ކުރެއްވިއެވެ. އެމަންޒަރު ވަނީ ރެކޯޑް ކުރެވިފައެވެ.

އަނބިކަނބަލުންގެ އަމުރަށް ކިޔަމަންވުން އެންމެ ސިކުންތެއް ވެސް ބައިޑެން ލަހެއް ނުކުރައްވައެވެ. ވަގުތުން ސަމާލުވެ ޖިލްގެ ވާހަކަ އަޑުއައްސަވަން އެނބުރިވަޑައިގަތެވެ. އަދި އަނބިކަނބަލުންނަށް ސެލިއުޓް ވެސް ކުރެއްވިއެވެ.

ބައިޑެން އާއި ޖިލްގެ ވީޑިއޯ އާއްމުވުމާއިއެކު އެމަންޒަރު ވެފައި ވަނީ ވަރަށް ގިނަ ބަޔަކަށް ހެއްވާ މަޖާ މަންޒަރަކަށެވެ.

ބައިޑެން މިހާރު އިނގިރޭސިވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ބައިޑެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވެރިންނާއި ބައްދަލު ކުރައްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޫރާމާ ގެރި

    އިސްލާމްދީނުގެ ޝިޔާރުތައް ތި އައްވުރެ މާފިރިހަމަ ވާނެ

    23
    3
  2. >

    ދިވެހި ފިރިހެނުންގެ ނަޒަރުގައި އެއީ އަނބިދަށުވުން ފިރިމީހާ އަނބި ކޮންޓްރޯލް ކުރަނީވެސް ނުބައި މަގަކުން ގޮސްދާނެތީ އެހެންވީމާ އަނބިންނަށްވެސް ފިރިން ކޮންޓްރޯލް ކުރުމުގެ ބާރު އޮންނަންވާނެ ހިތުހުރިހާ ގޮތަކަށް ނޫޅެވޭނެ އެހެން ނުވާނަމަ އަހަރެމެންވެސް ފިރިދަށުވެގެން ތިބެންނުޖެހޭނެ.

    10
  3. ބޯކިބާ

    ޕުރޮޕެގެންޑާ ހަބަރު ތިޔާ، އަހަރެމެން ނަމޫނާއަކަށް ބަލަންޖެހޭބައެއްނޫން ތިޔާ، ގޭދޮށުމީހެއްހެން ދުވާލު ދެދަޅައަށް މިމީސްމީހުންގެ ހަބަރުނުބެލިގެނެއްނޫން މިއުޅެނީކީ.

    6
    1