ޕޮލޭންޑުގައި ދަނޑެއްގައި ކުރިއަށް ދިޔަ ފުޓްބޯޅަށް މެޗެއްގެ ތެރެއަށް ޕެރެޝޫޓް އަޅައިގެން ފޭބި މީހަކަށް މެޗުގެ ރެފްރީ ރީނދޫ ކާޑެއް ދައްކައިފިއެވެ.
އޮލިމްޕިއާ އެބްބްލަގް އާއި ޕީއައިއެސްއޭ ޕްރިމަވޭރާ އާއި ދެމެދު ކުރިއަށް ދިޔަ މި މެޗުގެ ތެރެއަށް ޕެރެޝޫޓެއް އަޅައިގެން ހުރި މީހަކު ކުއްލި ގޮތަކަށް ޖެއްސުމާއި ގުޅިގެން މުޅި މީސްމީޑިއާގައި މިހާރު ވަނީ އެވާހަކަ ދައްކަން ފަށާފައެވެ. އަދި ގިނަ ބަޔަކަށް އެކަމުން ހައިރާން ކަމެއް ލިބުނުއިރު، އެމަންޒަރު މަޖާވެގެން ދިޔައީ ރެފްރީ އެމީހާއަށް ރީނދޫ ކާޑެއް ދެއްކުމާއި ގުޅިގެންނެވެ.
ވަކި ވަގުތު ކޮޅަކަށް މެޗު މެދުކަނޑާލި ނަމަވެސް، މެޗު ކުރިއަށް ގެންގޮސްފައިވަނީ އޭނާ ޕެރެޝޫޓް ނަގައިގެން ދަނޑުން ފޭބުމުންނެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ޕެރެޝޫޓް އަޅައިގެން ދަނޑަށް ތިރި ކުރި މީހާ އޮލިމްޕިއާގެ ކުޅުންތެރިއެއްގެ ގައިގައި ނުޖެހުނީ ކުރިއާއެވެ.
🛬 Awaryjne lądowanie w Elblągu, podczas spotkania rezerw @ZKSOlimpia z Pisą Primavera Barczewo. Takie rzeczy tylko na boiskach forBET IV Ligi! @iforbetpl #KursNaforBETIVLigę pic.twitter.com/ib0dZpbvRq
— WMZPN (@wmzpn) June 8, 2021
ދަނޑަށް ތިރި ކުރި މީހާއަށް ރީނދޫ ކާޑެއް ދެއްކުމާއި އެކު މީސްމީޑީއާގައި މީމް އެއް ގޮތަށް ގިނަ ބަޔަކު ވަނީ އެވާހަކަ ދައްކަން ފަށާފައެވެ. އެގޮތުން ދެން ފަހަރަކުން އޭނާ ވިސްނައިގެން އެކަހަލަ ކަމެއް ކުރުމަށް ވަނީ ބުނެފައެވެ.
"ދެން ފަހަރަކުން އެފަދަ ކަމެއް ކޮށްފިނަމަ، އިތުރު ރީނދޫ ކާޑެއް ދައްކާނީ. އޭގެ މާނައަކީ އެއީ ދަނޑުން ފައިބަން ޖެހުނީ ކަމަށް" އެކަމަށް ޖޯކު ޖަހައި މީހާކު ބުނެފައިވެއެވެ.
ހަހަހަހަ
ތިޔައީކުޑައަ ދަބެއް. އަސްލުޖެހޭނީ ރަތްކާޑެއް ދައްކާފަ ފޮނުވާލަން