ކުޑަ ކުދިންނަކީ އެކުދިންނަށް ފެނިގެން ކަމެއް ކޮށްފިނަމަ އެކަންކަން ވަރަށް އަވަހަށް ދަސްކުރާ ބައެެކެވެ. އެގޮތުން ދާދި ފަހުން މިވަނީ ބޮޑެތި މީހުން ނަށަނިކޮށް ކުޑަ ކުއްޖަކު އެކަން ކުރާ މަންޒަރު ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައެވެ.

މީސްމީޑިގާއި އާއްމު ވެފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ބޮޑިތި މީހުން ގްރޫޕު ހަދައިގެން ނަށާ މަންޒަރެވެ. އެ ވީޑީއޯއިން ދެން ފެނިގެން ދަނީ އެމީހުންނާއި އެކީ ކުޑަ ކުއްޖަކު ވެސް ނަށާ މަންޒަރެވެ.

އެ ވީޑިއޯ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައިވަނީ އެކުއްޖާ އެމީހުންނާއި އެއްވަރަށް މޮޅުކޮށް ނަށާތީއެވެ.

މި ވީޑިއޯ ޓުވިޓާގައި ހިއްސާ ކޮށްފައިވަނީ އެމެރިކާގެ ކުރީގެ ބާސްކެޓު ކުޅުންތެރިއެއް ކަމަށްވާ ރެކްސް ޗެޕްމާން އެވެ. އެ ވީޑިއޯ ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ވީޑިއޯއިން ފެނިގެން ދަނީ ކުޑަ ކުއްޖަކު ބޮޑެތި މީހުންނާއި އެކީ ނަށާ މަންޒަރު ކަމަށެވެ.

ޓުވިޓާގައި މި ވީޑިއޯ އާއްމުވުމާއި އެކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 1.9 މިލިއަން މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ. އަދި 90،000 އަށްުވުރެ ގިނަ މީހުން ވީޑީއޯއަށް ލައިކް ދީފައިވާއިރު، 13،000 އަށްވުރެ ގިނަ މީހުން ވަނީ ވީޑީޯ ރީޓުވިޓް ކޮށްފައެވެ.

މި ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ވަނީ އިތުރު ކުދިން ނަށާ މަންޒަރު ހިއްސާކޮށް، އެކުދިން ވެސް އެހެން ކުދިންނަށް ދޫނުކުރާ ކަމަށް ބުނެފައެވެ.