މަޝްހޫރު ބަތަލާ އާމިނަތު ރިޝްފާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ފާތުމަތު ފަރީލާއާ ދެ މީހުން މި ވަނީ ބައިސްކޯފްގެ ޑްރާފްޓް ޝޯވގައި ބައިވެރިވެ ވަރަށް ގިނަ ވާހަކަދައްކާފައެވެ. ދެތަރިން ދިމާވި ގޮތާއި، ދެ މީހުން އެކުގައި ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން ދެ މީހުންވެސް ހިއްސާ ކުރިއެވެ.

ބައިސްކޯފުގެ ޑްރާފް ޕްރޮގްރާމަކީ ސުވާލާއި ޖަވާބު ދޭ ޕްރޮގްރާމަކަށް ވާއިރު، އެ ޕްރޮގްރާމްގައި ދެ މީހުން އެކަކު އަނެކަކާއި ސުވާލު ކުރާއިރު، ދެ މީހުންގެ ދިރިއުޅުމުގެ އެކި ކަންކަން ހިއްސާ ކުރެއެވެ.

އެގޮތުން މި ޕްރޮގްރާމްގެ ތެރެެއިން ރިޝްފާ ހުރީ ސިންގަލްކޮށްކަން މި ވަނީ ހާމަވެފައެވެ.

"އަހަންނަކީ ލޯބީގެ ކާމިޔާބު މީހެކޭ ބުނެވިދާނެތަ". މިއީ ރިޝްފާ ފަރީލާ ކައިރިން އެހި ސުވާލެވެ.

އެ ސުވާލަށް ޖަވާބުދެމުން ފަރީލާ ބުނީ، އަސްލު ރިޝްފާ ވަރަށް ކާމިޔާބު ކަމަށެވެ.

އެހެން ފަރީލާ ބުނުމުން ރިޝްފާ ވަނީ، އޭނާ ސިންގަލް މި ހުރީ އެހެންވެެގެންތޯ ސުވާލު ކޮށްފައެވެ.

"ސިންގަލްކޮށް ހުންނަނީ ކާމިޔާބު ވީމަ، ފެންނާނެ ކާމިޔާބުކަން ފޭސްބުކް ޕޭޖަށް ބަލާލީމަވެސް، ނުލާހިކު ރީތި ކުދިން ރައްޓެހިވެލާފައި، ރުޅިވެލާފައި..". ފަރީލާ ބުންޏެވެ.

ރިޝްފާ އޭނާ ސިންގަލްކޮށް ހުރިކަން ހާމަވާ ފަދަ މޭރުކަމުން ވާހަަކަދައްފާއިވާއިރު، އޭނާއަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އެންމެ ރީތި ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ އެކަކެވެ. އަދި އޭނާއަކީ ދިވެހިންނަށް ނަމޫނާ ކަނބަލެއް ކަމަށްވެސް ގިނަބަޔަކު ބުނެއެވެ. ސަބަބަކީ އޭނާއަކީ ކޮވިޑްގެ މި ހާލަތުގައިވެސް ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތަކަށް ވުމުންނެވެ.

ފަރީލާ އާއި ރިޝްފާ ވަރަށް ޖޯޝާއި ފޯރީގައި އެ ޕްރޮގްރާމްގެ ތެރެއިން ސުވާލުތަަކަށް ޖަވާބު ދިނުމުގައި ހަރަކާތްތެރިވިއިރު، ދެ މީހުންގެ ބޮންޑް ވަރަށް ވަރުގަދަކަން މި ޕްރޮގްރާމުން ހާމަވެގެން ދެއެެވެ.

ރިޝްފާ އާއި ފަރީލާ ބުނިގޮތުގައި، އެ މީހުން ދިމާވިއިރު، އެ މީހުންގެ އުމުރަކީ 18 އަހަރެވެ. އޭގެ ފަހުން ދެ މީހުންގެ ގުޅުން ހަމަ ގަދަ ފަދައެވެ. އޭގެ ކުރިން ދެ މީހުންގެ ދެމެދުގައި ކުންޏެއް ޖެހުނު ކަމަށް ރިޝްފާ ފާހަގަކުރިއެވެ. އެހެން ނަމަވެސް އެއިރުވެސް ދެ މީހުންގެ ހާލު ބަލާ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މޯޑު

    ހުސްކޮށްނުހުރޭ، މަމިހުރީ

    30
    4
  2. ދިވާނާ

    ކޮބާތަ ގުޅޭނެ ނަމްބަރު؟؟؟

    29
    4
  3. ޗީޑި

    މުސްކުޅި މާމައެއް ސިންގަލްއޯ

    36
    17
  4. ހުސޭނުބޭ

    މަވެސް މިދަނީ ރިޝްފާ ލިބޭތޯ! މަށަށް ލިބޭނީ ކިޔޫ ނަންބަރު ކިތަކެއްތަ؟

    29
    2
  5. ދިދަ ދަނޑި

    ނެތް ޝައުޤެއް...

    8
    4
  6. ގަމް

    ޗީޑި ކިޔާފަ ކޮމެންޓް ކުރި މީހާ ހާދަ ޖޭ ވެފަޔޭ ދޯ.. ކަޑަ ވިޔަސް ރިޝްފާ ހަމަ ވ ރީތި. - ރިޝްފާގެ ފޭން އެއް

    4
    4
  7. ކޭ

    ދިވެހިންމީ ހޭޖެހޭ ބައެއްތަ އެއްފަހަރު އައުރަ ނިވާނުކުރެއޭ ހަޑިއޭ ނަރަކައޭ އޮތީކިޔާ ދުލަށް އައިހާ ވިހައެއް ލައިފަ އަނެއްފަހަރު މަބޭނުމޭ ނަމްބަރު ކޮބާހޭ ޑޭޓަކަށް ދާންބޭނުމޭ ދެއަންބަށް އިންނަން ބޭނުމޭ.

    13
    1
  8. އެކުވެރިޔާ

    ގުޅޭނެ ނަމްބަރެއް ނޫނީ ފޭސްބުކު އައިޑީ ދީބަލަ

    13
    1
  9. މުއްސަބު

    މަވެސް ބޭނިން

    6
    1
  10. ގާދިރު

    އޯކޭ ލޮކްޑައުން ނިމުނީމަ ގުޅަނަން

    5
    1
  11. އައްޑޫ ޝަކުވާ ބޯޓު

    ސިންގަލް ކަމެއް ނޭގެ.
    މިހާރުވެސް ރޯ ބިހެއް ޓެސްޓަކަށް ލާބަލަ.
    މިނެޓެއްް ނުވާނެ، އެެވެސް ރޯ ފިލާނެ.
    ޢެހާވެސް ދޮން ބޮޑު މަންޖެއެއް ތީ.

    6
    5
  12. އަލީ

    ސޮރީ

    3
    3
  13. ކަރީމް

    އިރަކަށް ފިރިހެނަކު ލިބެންޏާ ތީ ކާމިޔާބު ވީތަ؟އާއްމުކޮށް މުޅިދުނިޔޭގަވެސް ސްޓާރުން ހާއްސަކޮށް ފިލްމުކުޅެ ލަވަކިޔާ މީހުންނަކީ ހަވަރު ތުންފުހި ހެދިގެން އުޅޭބައެއް.ރަނގަޅު ދިރިއުޅުމެއް ލިބިފަ ހުންނަނީ މަދު ސްޓާރަކަށް.