ރާއްޖޭގެ މަޝްހޫރު މޭކަޕް އާޓިސްޓް ރުތުބާ އާ ގުޅިގެން ދިރާގުން ފެށި މޭކަޕް ޝޯވއަށް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ލިބިގެން ގޮސްފައެވެ.

"މޭކަޕް ބައި ރުތުބާ"ގެ ނަމުގައި ކުރިއަށްގެންދާ އެ ޝޯވ ފެންނާނީ ދިރާގު ޓީވީގެ އޮން ޑިމާންޑް ލައިބްރަރީންނެވެ.

ރުތުބާ އަކީ ޒުވާނުންގެ މެދުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި މޭކަޕް އާޓިސްޓެކެވެ. ރުތުބާ ބޮޑަށް ފާހަގަކުރެވެނީ އާދަޔާ ޚިލާފު ތަފާތު މޭކަޕްތައް ގެނެސްދޭ އާޓިސްޓެއް ގޮތުގައެވެ.

އޭނާއަކީ މޭކަޕްގައި ރާއްޖޭގައި ވިދާ ތަރިއެކެވެ. އޭނާގެ މޭކަޕްގެ ހުނަރުން ދިވެހިން އާޝޯހުކޮށްލާއިރު، "މޭކަޕް ބައި ރުތުބާ ޝޯގައި" އޭނާގެ މޭކަޕްގެ ހުނަރުވެރިކަން ފެނިގެން ދެއެވެ.

ދިރާގުން މިހާރު ވަނީ، އެ ޝޯވގެ 10 އެޕިސޯޑެއް ދިރާގުގެ ވީއޯޑީ ޕްލެޓްފޯމަށް ލާފައެވެ. އެޝޯއިން އޭނާގެ މޮޅު މޭކަޕް އުކުޅުތަކާއި، މޭކަޕް ކުރާނެ ގޮތާއި، މޭކަޕް ލުކްސް ހަދާނެ ގޮތުގެ ޓިއުޓޯރިއަލްތައް ދައްކައެވެ.

ރުތްބާ މޭކަޕްގެ ދާއިރާއަށް ޕްރޮފެޝަނަލީ ވަދެފައިމީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. ރުތްބާ ބުނީ، އޭނާއަކީ އަމިއްލައަށް ދާއިރާއަށް ވަދެގެން އަމިއްލައަށް އެ ހުނަރު ދަސްކުރި ފަރާތެއް ކަމަށެވެ. ޒަމާނީ އެންމެ ފަހުގެ ޓްރެންޑިންގ މޭކަޕްތައް އޭނާ ކުރެއެވެ. އަދި އަބަދުވެސް ތަފާތު މޭކަޕްތައް އޭނާ އަމިއްލައަށްވެސް ދަސް ކުރާއިރު، އެ ހުނަރުވެރިކަން އޭނާ ދަނީ މުޅި ދުނިޔެއަށް ދައްކަމުންނެވެ.

އޭނާއަކީ "ސެލްފް ޓަފް" މޭކަޕް އާޓިސްޓެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރުތުބާ އަމިއްލައަށް މީހުން މި ދާއިރާއިން ތަމްރީނު ކުރާ ކަމެެވެ.

ރުތުބާ ބުނީ، އޭނާއަށް ދިރާގުން ފުރުސަތު ދިނުމުން ވަރަށް ބޮޑަށް އެކްސައިޓެޑްވި ކަމަށެވެ. މިއީ ވަރަށް ބުރަ މަސައްކަތުން ފެށި ޝޯވއެއްކަން ރުތްބާ ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ޒުވާން ހުނަރުވެރިންގެ މަސައްކަތްތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށެވެ. ވަކިން ހާއްސަކޮށް ދިވެހި ކޮންޓެންޓްތަކަށް އިސްކަން ދީގެން މަސައްކަތް ކުރުމަކީ ދިރާގުގެ ވަރަށް މުހިއްމު އަމާޒެކެވެ. އަދި ވީއޯޑީ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންގެ ހުނަރުވެރިކަން އެންމެންނާއި ހަމައަށް ގެނެސްދިނުމަކީ ޕްލެޓްފޯމްގެ މުހިންމު އެއް ބޭނުމެވެ.

ކިޔުންތެރިންގެ ހިޔާލު