ކުރިން ބޮލީވުޑު ފިލުމުތަކުން ސަމާލުކަން ލިބިފައިވަނީ ވަނީ ހަމައެކަނި ފިލުމުތަކުގެ މައިގަނޑު ކެރެކްޓަރއަށެވެ. ނަމަވެސް މިހާރު އޯޓީޓީ ޕްލެޓް ފޯމް ތަޢާރަފްވުމާއި އެކު ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާ މީހުން ވެސް މިހާރު ދަނީ މަޝްހޫރު ވަމުންނެވެ.

ކުރީގެ ފިލުމުތަކުން ފެނިފައިވާ ހުނަރުވެރި އެތައް ފަންނާނެއްގެ ނަން ގިނަ ބަޔަކަށް ނޭނގެއެވެ. ނަމަވެސް އެމީހުންގެ މޫނު ފެނުމުން އެއީ ކޮން ބައެއްކަން ދެނެގަނެވެއެވެ. މިފަދަ ބައެއް ފަންނާނުންނަކީ:

ސްދޭޝް ބެރީ

ބޯޑަރ، މަހާބާރަތު، ސުރާގު ކާޝިޝް ފަދަ ފިލުމުތަކުން ތަފާތު ރޯލުތަކުން ފެނިފައިވާ ސްދޭޝް މިހާރު ވަނީ އިންޑަސްޓްރީއިން ގެއްލިފައެވެ.

ކެޓްކީ ދޭވް

75 ގުޖުރާތީ ފިލުމާއި އެތައް ޓީވީ ސީރީޒެއްގެ އިތުރުން ގިނަ ފިލުމުތަކެއްގައި ހުނަރުވެރިކަން ދައްކުވައިދީފައިވާ ކެޓްކީގެ ނަން އެނގެނީ ކިތައް މީހުނަށްބާ؟

ރާޖޭޝް ހިރުޖީ

ގޯލްމާލް ސީކުއެންސްގެ ހުރިހާ ފިލުމަކާއި ކަހޯނާ ޕިޔާރުހޭއާއި ރެހެނާހޭ ތެރޭ ދިލް މޭ ގައި ރާޖޭޝްގެ އެކުޓު ކުރުމުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ.

މުކޭޝް ރިޝީ

ބުއްލާގެ ނަމުން މަޝްހޫރުވެފައިވާ މުކޭޝްއަކީ ފިލުމުތަކުގައި ވިލަންގެ ރޯލުން ގިނަ ބަޔަކަށް ފެނިފައިވާ ހުނަރުވެރި ފަންނާނެކެވެ.

ހިމާނީ ޝިވްޕޫރީ

މަންމައެއްގެ ރޯލާއި ބޮޑުދައިތައެއްގެ ރޯލުން އެތައް ފިލުމަކުން ފެނިފައިވާ މި ފަންނާނުގެ ނަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޑީޑީއެލްޖޭ، ކުޗްކުޗް ހޯތާހޭ، ބީވީ ނަންބަރު 1 ފަދަ އެތައް ކާމިޔާބު ފިލުމެއްގައި މަސައްކަތް ކޮށްފައިވެއެވެ.

ޓީކޫ ތަލްސާނިޔާ

ހެއްވާ މަޖާަ ރޯލުތަކުން އެތައް ބަޔަކު ހެއްވާލާފައިވާ މި ފަންނާނަކީ ވަރަށް ގިނަ ފިލުމުތަކުގައި މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އިޝްޤް، ޖުޅުވާ ފަދަ އެތައް ފިލުމެކެވެ.

މީގެއިތުރުން ވެސް ހުނަރުވެރި އެތައް ފަންނާނުންނެއް ދަނީ އިންޑަސްޓްރީއިން ފަނޑުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންފައްތަ

    ވަގުތު ތިކޮށްދިން މަސައްކަތުން އެމީހުން ދެން 7 ވަނަ އުޑުގައި ފިޔަޖަހާނެ.

    • ޙަހ

      ޙަހަ