2015 ވަނަ އަހަރު ރިލީޒް ކުރެވުނު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ފިލުމު ބާޖީރާއޯ މަސްތާނީއަކީ އެތައް ގިނަ އެވާޑްތަކެއް ހާސިލު ކޮށްފައިވާ ފިލުމެކެވެ.
ރަންވީރު ސިންގްއާއި ދީޕިކާ ޕާޑުކޯން އަދި ޕްރިޔަންކާ ޗޯޕްރާ ފެނިގެން ދިޔަ މި ފިލުމަކީ މަރާތާ ލީޑަރ ބާޖިރާއޯއަށް ހަދާފައިވާ ފިލުމެކެވެ.
މި ފިލުމުގެ ޝޫޓިންގެ ތެރޭގައި ރަންވީރުއަށް ޖިންނިއެއް ފެނުނު ކަމަށް ބުނާ ވާހަކަތަކެއްގެ އަޑު ވަނީ ގަދަވެފައެވެ.
އެގޮތުން 2015 ވަނަ އަހަރު ޑީކަން ކްރޮނިކަލްއަށް ދިން އިންޓަވިއުއެއްގައި ރަންވީރު ބުނެފަައި ވަނީ އޭނާއަށް ފެނުނީ ބާޖިރާއޯ ކަމަށެވެ.
ފިލުމުގެ ޝޫޓިން ކުރިއަށް ދިޔައިރު ވެސް މީހެއްގެ އިހްސާސް ކުރެވުނު ކަމަށާއި އެއީ ބާޖިރާއޯހެން ހީވި ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެކަމާއި ބިރުން ޝޫޓިން ކުރިއަށް ގެންދިޔުން ވެސް ވީ އުދަނގޫ ކަމެއް ކަމަށް ރަންވީރު ބުނެފައިވެއެވެ.
އަދި ޝޫޓިން ކުރިއަށް ދިޔަ ތަނުގައި ހުރި ކަޅު ކުލައިގެ ފާރަކުން ބާޖިރާއޯގެ ތަސްވީރު ކުރެވުނު ކަމަށް އޭނާ ބުންޏެވެ. ބާޖިރާއޯގެ ބޮލުގައި އަޅާފައިވާ ފަގުޑިއާއި ލޮލާއޮ، ނޭފަތާއި މަތިމަހާއި އަދި ތުބުޅި ސިފަވެގެންދާ މި މަންޒަރު ފެނުމުން އޭނާ ވަރަށް ބިރުގަތް ކަމަށް ރަންވީރުބުނެފައިވެއެވެ.
މި ހާދިސާއަށް ފަހު ބިރުގަނެފައިވާ ރަންވީރުގެ ކުރިއަށް ހުރި ޝޫޓިންއަށް ކޮންމެވެސް ވަރަކަށް އަސަރު ކުރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި މިއީ މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާ ކޮށްފައިނުވާ ފަދަ ބިރުވެރި ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.
މިފަދަ ބިރުވެރި ހާދިސާއެއް ކުރިމަތިވެ ޝޫޓިންއަށް އަސަރު ކުރި ނަމަވެސް މި ފިލުމުގައި ރަންވީރުގެ އެކްޓިން ވަރަށް ފުރިހަމައަށް ދައްކުވައިދިންއިރު، ބާޖިރާއޯގެ ކެރެކްޓަރ ވަރަށް ރީތިކޮށް އޭނާ ގެނެސްދީފައިވެއެވެ.
ލޮލް! ހުސް ދޮގު!
ބާޖިޔޯގެ މާމައެއްނޫންތަ ފެނުނީ؟