ބޮލީވުޑުގެ ކާމިޔާބު ފިލުމު ސީކުއެލްއެއް ކަމުގައިވާ ދޫމްގެ ތިންވަނަ ފިލުމު ނާކާމިޔާބު ވި ނަމަވެސް ދޫމް 4 ވަނަ ބައި ނެރޭނެ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ދޫމް 4ގެ ވާހަކަތައް ދެކެވެން ފެށުމާއި އެކު އެ ފިލުމުން ފެނިގެންދާނީ ކޮން ފަންނާނުންނެއް ތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ކަޕިލް ކުމާރު ނަމަކަށް ކިޔާ މީހަކު ދޫމް 4ގެ ޕޯސްޓަރެއް ތައްޔާރުކޮށް ވަނީ އަކްޝޭ ކުމާރާއި އާދިތުޔާ ޗޯޕްރާ ބައްދަލުކޮށް ދޫމް 4 ގައި އެކްޓް ކުރުމަށް އަކްޝޭގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ބުނެފައެވެ.

މަނޫ ރަޖާވަތު ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ދޫމް 4 ން ސަލްމާން ޚާން ފެންނާނެ ކަމަށާއި އަދި އެ ފިލުމު ބަލަން ކެތް މަދުވެފައިވާ ކަމަށެވެ.

މި ޕޯސްޓުތަކާއި އެކު ދޫމް 4 ން ފެނިގެންދާނީ ސަލްމާން ޚާނާއި އަކްޝޭ ކުމާރު ކަމަށް ބުނެ އަޑުތައް ވަނީ ގަދަވާން ފަށާފައެެވެ. އަދި ގިނަ ބަޔަކު ތިބީ މި ފިލުމުގެ އިންތިޒާރުގައި ކަމަށް ބުނަމުން ދެއެވެ.

ނަމަވެސް ފިލުމުގެ ޓީމުގެ ފަރާތުން މިއިން އެއްވެސް ކަމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އަދި އެފަދަ ކަމެއް ކަށަވަރުވެެސް ކޮށްދީފައެއް ނުވެއެވެ.

ދޫމް ސީކުއަލްގެ ފިލުތަކުން ފެނިފައިވަނީ އަބީޝޭކް ބައްޗަން، އުދޭ ޗޯޕްރާ، ރިމީ ސެން، ޖޯން އަބްރަހަމް، ބިޕާޝާ ބާސޫ، އާމިރު ޚާން، ރިތިކް ރޯޝަން، އައިޝްވާރިޔާ ރާއީ، ކެތުރީނާ ކެއިފް، އީޝާ ޑިއޯލް ފަދަ އެތައް ފަންނާނުންނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜަނާ

    ދޫމް3 ފިލްމްއަކީ ބްލޮކް ބަރސްޓަރ އެއް ކަމަށްކިޔާތީ އިވޭ ކޮބައިބާ ރަގަޅުގޮތަކީ

  2. ބަހުބަރު

    ދޫމް 3 އެއީ ހިޓެއް، ނޫސްވެރިންނަށް ކޮންމެ އެއްޗެއް ވެސް ލިޔެވިދާނެ!