ޗައިނާގެ އަވަށެއްގައި 30 ފޫޓް ފުން، ނަޖިސް ހިންދާ ވަޅަކަށް ވެއްޓުނު ދެކުއްޖަކު ސަލާމަތް ކުރަން އެވަޅުގެ އެތެރެއަށް އެރުނު ފަޔާފައިޓަރަކަށް ގިނަ ބައެއްގެ ތައުރީފް ލިބެން ފަށައިފިއެވެ.

އެއް އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓުނު ވަޅުގެ ފުންމިނުގައި 30 ފޫޓް ހުރި ނަމަވެސް ވަޅަށް އެރެން ހުރި މަތީގެ ފުޅާމިނުގައި ހުރީ އެންމެ 7.8 އިންޗިއެވެ. އެހެންކަމުން ފަޔާފައިޓަަރަށް އެވަޅަށް އެރެވުނީ ވަރަށް އުނދަގުލުންނެވެ. އެވަޅުގެ މަތި މާބޮޑަށް ކުޑަވުމުން ވަޅުގެ އެތެރެއަށް އެރުން އެއީ ވެސް ފުރާނަައަށް ނުރައްކާވެދާނެ ފަދަ ކަމެކެވެ.

ވަޅުގެ މަތީގައި ޖާގަ ކުޑަވުމުން ފަޔާފައިޓަރު ވަޅަށް އެރެން ޖެހުނީ ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ. އޮކްސިޖަން ލިބޭނެ ފުޅިއެއް ވެސް ވަޅުގެ އެތެރެއަށް ބޭލޭނެ ގޮތެއް ނުވިއެވެ.

https://www.youtube.com/watch?v=7dM2REaLjQc

ނަމަވެސް އޭނާ ވަނީ ދެކުދިން މައްޗަށް ނަގާ ދެކުދިންގެ ފުރާނަ ސަލާމަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    އަލްހަމްދުލިއްލާހި ސަލާމަތްވީތީ