އުމުރުން 68 އަހަރުގައި ވެސް ވަރަށް ވަރުގަދަ އަށް ބަރު އުފުލާ ބޮޑީބިލްޑް ކުރަމުން ގެންދާ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ އެންޖެލާ ގްރަހަމް ކައިވެނި ކުރާނެ ފިރިހެނަކު ހޯދަން މަސައްކަތް ކުރަމުން އެބަގެންދެއެވެ.

މީގެ ކުރިން ކައިވެންޏެއް ކޮށް އުމުރުން 28 އަހަރާއި 26 އަހަރުގެ މާމަ ދަރިން ވެސް މިހާރު ލިބިފައިވާ ގްރަހަމްގެ ކުރީގެ ފިރިމީހާ ވަނީ މަރުވެފައެވެ.

ގްރަހަމް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ހަށިގަނޑު ވަރުގަދަކޮށް ހުންނާނީ އޭނާ އާއި ވާހަކަދައްކާ އިތުރު ގުޅުމެއް ދެމީހުންގެ ދެމެދުގައި އުފައްދަން ފިރިހެނުން ބިރުގަންނަ ކަމަށެވެ.

ގްރަހަމް ބުނީ ވަރަށް ގިނަ މީހުން އޭނާ އާއި ބައްދަލުވުމުން އޭނާގެ އުމުރުން ވާނީ 50 ވަރަކަށް އަހަރު ކަމަށް ބުނާ ކަމަށާއި ނަމަވެސް އުމުރުން ހަގު ކަމަށް ދެއްކުމުން އޭނާ އަށް ލިބޭ އުފަލެއް ނެތް ކަމަށެވެ.

"އަހަރެން އެއްވެސް މީހެއްގެ ކައިރީގައި އަހަރެންގެ އުމުރު އޮޅުވައެއް ނުލަން. ނަމަވެސް އަހަރެން ހުންނަ ގޮތުން ބައެއް ފިރިހެނުން ޖެހިލުންވޭ އަހަރެންނާއި އެކު ކައިވެންޏަކާއި ހަމައަށް ދާން. ފަހަރުގައި އެމީހުންގެ ހަށިގަނޑުގައި އެހައި ވަރު ނުހުންނާނެހެން ހީވަނީ ކަމަށް ވެދާނެ." ގްރަހަމް ބުންޏެވެ.

ގްރަހަމް ބުނީ އޭނާގެ އުމުރުން ކިތަންމެ ދުވަހެއް ވީނަމަވެސް ބޮޑީބިލްޑް ކުރުން ހުއްޓާލުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށާއި 70 އަހަރުން މައްޗަށް ދިޔަ ނަމަވެސް ބޮޑީބިލްޑް ކުރުމައިގެން ކުރިއަށް ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރަށްދު

  އިގރޭސްވިލާތު ހުންނާނެ ކައިވެނިކުރަން ރަގަޅު ޓެރެރިސްޓެއް

  • ޛސކސޖދޖދުސކސޖކސ

   ހަހަހަހަ?

  • ހަމަ ތެދެއް

   ހަހަހަ. ދޮގެއްވާނޫން

 2. އަހުމަދު

  މައުމޫނު ކައިރީ ބުނޭ ދެއަންބަށް އިންނާށޭ........

 3. ޝިއުބު

  ވެބްކެމް މީހުނާއި ޙަވާލުކުރޭ.

 4. ހުސޭނުބޭ

  އަޅެ މި މަންޖެއަށް ކޮމެންޓްތަކުން ދީފައި މިހުރި އޮޕްޝަންތައް ފެންނާނެނަމަ ހާދަ ރަގަޅެވެ!

 5. ޓެޑް

  އިޒްރާއިލައް ދޭ...