ދުނިޔޭގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާ އޭނާގެ ހައި ސްކޫލް ދައުރުގައި ލޯބިވެގެން އުޅުނީ ޑޮނަލްޑް 'ރެގް' ޖޮންސް އާއި އެވެ. ޖޮންސް އާއި އެކު އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެންނަން އޭނާ ލިޔުނު ސިޓީ ނީލަމަށް ލައިފިއެވެ.

ބްރިޓްނީ ސްޕެއާ ލިޔެފައިވާ މި ސިޓީ ދެ ސަފްހާއަށް ދިގުއިރު އޭނާ އާއި ޖޮންސް ދެ އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ކަމަށް ސިޓީގައި ބުނެފައި ވެއެވެ. އަދި ދެމީހުން ވަކިވާން އުޅޭކަން ދެމީހުންނަށްވެސް އެނގޭ ކަމަށާއި މުސްތަގުބަލުގައި ދެމީހުން ގުޅެން ތަގުދީރުގައި އޮތީޔާ އެކަންވެސް ވާނެ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ސްޕެއާ ވަނީ 1998 ވަނަ އަހަރުގައިވެސް މީގެ ދެވަނަ ސިޓީއެއް ލިޔެފަ އެވެ. އެ ސިޓީ ލިޔުނު އިރު ސްޕެއާ ހުރީ ނިއު ޔޯކް ސިޓީގައި އެވެ. އަދި ޖޮންސް ހުރީ މިސޯރީ ގައި އެވެ.

 

View this post on Instagram

 

A post shared by Britney Spears (@britneyspears)

މީޑިޔާރިޕޯޓުތައް ބުނާގޮތުގައި ސްޕެއާގެ ލޯބީގެ ސިޓީ 2،800 (56،815 ރުފިޔާ) ޕައުންޓާއި 4،250 ޕައުންޑާ(86،238 ރުފިޔާ) ދޭތެރޭ އަގެއްގައި ވިއްކާލެވޭނެ އެވެ. މި ސިޓީ ނީލަމަށް ލާފައި ވަނީ ޖޫލިއަން އޮކްޝަން މިއުޒިކް އައިކޮންސް އިވެންޓުގައި އެވެ.

ޕްރެސް އެސޯސިއޭޝަން އަށް ދިން އިންޓަވިއުއެއްގައި މި ސިޓީ ނީލަމަށް ލި ފަރާތް، މާޓިން ނޯލަން މި ސިޓީ ސިފަކުރަނީ 'ޓެރިފިކް' ސިޓީއެއްގެ ގޮތުގައި އެވެ. އޭނާ ބުނީ މި ސިޓީ އަކީ ހައިސްކޫލްގައި ދެ އެކުވެރިން ލޯބިވެވި ދެމީހުން ވަކިވާން ލިޔެފައިވާ ސިޓީއެއް ކަމަށެވެ.