އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި އުފެދިފައިވާ ކޯޅުންތަކަށް ބަލާއިރު ކޭޓް މިޑިލްސްޓަން އާއި ހެރީގެ ދެމަފިރިންގެ ގުޅުން ވަަރަށް ގޯސްކަމަށް ބުނެފައެވެ. ނަމަވެސް ކޭޓް މިވަނީ އިއްޔެ މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެމުން ހެރީ އާއި މޭގަންގެ ދަރިފުޅު ދެކިލަން ކެތްމަދުވެފައި ހުރިކަމަށް ބުނެފައެވެ.

އެމެރިކާގެ ފަސްޓްލޭޑީ ޖިލް ބައިޑެން އާއިއެކު އިނގިރޭސިވިލާތުގެ ސްކޫލަކަށް ކޭޓް ކުރެއްވި ޒިޔާރަތުގައި ވެސް ނޫސްވެރިންގެ ސުވާލުތައް ކޭޓަށް އަމާޒުކުރީ ހެރީގެ ދަރިފުޅު ލިލީބެޓް ޑިޔާނާ އާއި ގުޅޭ ގޮތުންނެވެ. ސުވާލުތަކަށް ޖަވާބުދެމުން ކޭޓް ބުނީ ލިލީބެޓް އަށް ހެޔޮއެދުންތައް ރައްދުކުރާކަމަށެވެ. "އަހަރެން މިހުރީ ލިލީބެޓް އާއި ބައްދަލުކޮށްލަން ކެތްމަދުވެފައި. އުއްމީދު ކުރަނީ ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް." ކޭޓް ބުންޏެވެ.

މޭގަން ވިހެއީ މިމަހުގެ 06 ވަނަ ދުވަހު އެވެ. ނޫސްވެރިން ވަނީ ވީޑިއޯ ޗެޓް މެދުވެރިކޮށް ނަމަވެސް ލިލީބެޓް އާއި ބައްދަލުވެއްޖެތޯ ކޭޓް ކައިރިން ސުވާލު ކޮށްފައެވެ. އެސުވާލަށް ޖަވާބު ދެމުން ކޭޓް ބުނީ އަދި ވީޑިއޯ ކޯލަކުން ވެސް ބައްދަލުނުވާ ކަމަށެވެ.

ލިލީބެޓް ނުވަތަ އާއްމުކޮށް ކިޔާނެ ނަމުންނަމަ ލިލީ މިހާރު ވަނީ ރާނީ އެލިޒަބަތު އާއި ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލުކޮށްފައެވެ.

ލިލީގެ ނަމަކީ ރާނީ އެލިޒަބަތު އަށް ހާއްސަ ނަމެކެވެ. ލިލީގެ ނަމުގައި ވަނީ ހެރީގެ މަންމަ ޕްރިންސެސް ޑަޔާނާގެ ނަން ވެސް ހިމަނާފައެވެ. ހެރީގެ ދަރިފުޅުގެ ނަމުގައި މަންމާފުޅުގެ ނަން ހިމެނުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުބީނު

    ކޭޓް އަކީ މެގަން އާއި ބެހޭ ގޮތުން ދޮގު ޙަބަރު ފެތުރި މީހެއް. މެގަން ގެ މަންމަ އަކީ ކަޅު ނަސްލައް ނިސްބަތްވާ މީހެއް. މިއީ ކޭޓް އެހާ ލިލީބެޓް ދެކޭހިތް ވެޔޭ ބުނި ސަބަބަކީ. ލިލީބެޓް އަކީ ކަޅު ކުއްޖެއްތޯ ނުވަތަ ދޮން ކުއްޖެއްތޯ ބަލަންވެގެން.

    3
    1