އެމެރިކާގެ މިލިޔަނަރަކު ފަގީރުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އަގުބޮޑު މަޝްހޫރު ރެސްޓޯރެންޓް އަކަށް ދިއުމުން، ހީވެސް ނުކުރާފަދަ ގޮތަށް ކަންތައް ކޮށްފިއެވެ.

ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯތައް އަޕްލޯޑް ކޮށްގެން މުއްސަނދި ވެފައިވާ އުމުރުން 23 އަހަރުގެ ކޮބީ ޕާސިން އަކީ އެމެރިކާގެ ނިއުޔޯކް އަށް ނިސްބަތްވާ މީހެކެވެ. އެހެންނަމަވެސް، އޭނަ ގަސްތުކުރީ ފްލޮރިޑާގެ އެންމެ އަގުބޮޑު ރެސްޓޯރެންޓުގެ މުވައްޒަފުން ކަންތަށް ކުރާގޮތް ބެލުމަށެވެ.

މިގޮތުން އޭނާ ވަނީ ފަގީރެއް ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އެ ރެސްޓޯރެންޓް އަށް ވަންނަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް، އެތަނުގެ މުވައްޒަފުން ކަންތައްކުރީ ހީވެސްނުކުރާފަދަ ގޮތަކަށެވެ. އެމީހުން ބުނެފައިވަނީ އެމީހާއަށް ދޭނެ ކާނާއެއް އެތް ކަމަށާއި އެހެންތާކަށް ކާން ދިއުމަށެވެ.

ވަރަށް މަސައްކަތުންވެސް އެމީހުން ރުއްސައި އެތަނަށް ވަންނަން ކޮބީ މަސައްކަތް ކުރިއެވެ. އެންމެފަހުން އެކަން ކާމިޔާބު ނުވުމުން، ކޮބީ ވަނީ އޭނާގެ ޑްރައިވަރަށް ގުޅައި އެތަނަށް އައުމަށް އަންގާފައެވެ.

ރޯލްސް ރޮއިސް ކާރެއްގައި ގިނަ ފައިސާތަކަކާއެކު ކޮބީގެ ޑްރައިވާ އެތަނަށް އައުމުން އެ ރެސްޓޯރެންޓުގެ މުވައްޒަފުން ވަނީ މައާފަށް އެދިފައެވެ.

މިކަމަށްފަހު ކޮބީ ބުނެފައިވަނީ އޭނާ ބޭނުންނަމަ އެ ރެސްޓޯރެންޓު އެއްކޮށް ގަނެވޭނެ ކަމަށާއި އެހެން ނަމަވެސް އެތަނުގެ މުވައްޒަފުންނަށް ނަސޫހަތްދީ މީހެއްގެ ބޭރު ފުށަށް ބަލައި އެގޮތަށް ކަންތަށް ނުކުރުމަށް އެދުނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑުބެ

    ކޮބީއަކީ ވަރަށް ރަނގަޅު ސޮރެއް ސާބަހޭ ކޮބީ ކޮންމެފަދަމީހަކަސް އިންސާނީ އުސޫލުން ކަންތައް ކުރަންޖެހޭނީ މުއްސަނދިކުރެއްވީވެސް މާތްﷲ އަދި ހަމަ ފަޤީރު ކުރެއްވީވެސް މަތްﷲ އެހެންވީމާ އެއްވެސް ތަފާތުކުރުމެއް އޮވެގެންނުވާނެދޯ

  2. ފިރުޓޭ

    އާނ މީ ހަމަ މީހުން ކަންތައް ކުރާ ގޮތް! މުއްސަނދިންނަށް ހަމަ ރަނގަޅަށް ކަންތައް ކުރަމުން ދަނީ!

  3. ނިޒާރު

    ދުނިޔޭގެ އެންމެބޮޑުގައުމުގެ އާރާއި ބާރުގެ ގޮތުން ބެލިކަމުގައިވިއަސް އެންމެ ނުފޫޒުގަދަ ޤައުމު ތިކިޔާ ޑިމޮކްރަސީގެބައްޕަ ނަމަވެސް ހާލަތު ތިހުރީ ފަޤީރުންނަށް ފަޤީރުގޮތް މުއްސަދިންނަށް މުއްސަނދިގޮތް މިރާއްޖެއައްވެސް ގޮތް ކިޔަނީ ތިމީހުން

  4. އަޙުމަދު

    މާޝާﷲ
    އޭނާއަށް އިސްލާމްދީނުގެ ނޫރު ދެއްވާދޭވެ.

  5. މިމީހާ

    ވާއު