ކޮވިޑް 19 އަކީ ވަރަށް ނުރައްކާތެރި ވައިރަހެކެވެ. މި ވައިރަސް ޖެހިގެން އުޅޭ އިރު ވެސް އެތައް ވޭނެއް އަޅައެވެ. މި ބަލިން ރަނގަޅުވުމަށް ފަހު ވެސް ގިނަ ބަޔަކަށް ވަރުބަލިވުމާއި އެހެނިހެން ކަންތައްތަކާ ކުރިމަތިވެއެވެ.

ކޮވިޑުން ރަނގަޅުވުމަށް ފަހު ވެސް ބޮލަށް އެނބުރުން އެރުން ފަދަ ކަންތައްތައް ދިމާވާ ނަމަ ދުވަސްކޮޅަކަށް އެކަހެރިވެލުން ރަނގަޅުވާނެއެވެ. މީގެއިތުރުން ކުރެވިދާނެ ބައެއް ކަންތައްތަކަކީ:

އަރާމު ކުރުން

ބަލިން ރަނގަޅުވެ ހަށިގަނޑު ހަމައަކަށް އެޅޭ އިރު ހަށިގަނޑަށް އެންމެ ފުރިހަމައަށް އަރާމު ބޭނުންވެއެވެ. ސްކްރީނަށް ބެލުން ފަދަ ކަންތައް މަދުކޮށް ކަސްރަތު ކުރުމާއި ބުރަ މަސައްކަތްތަކުން ދުރުހެލިވާން ޖެހެއެވެ.

ނިދުން

ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދަން ޖެހޭނެއެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށާއި ސިކުނޑިއަށް އަރާމު ލިއްބައިދޭތީއެވެ.

ކެއުމަށް ސަމާލުކަން ދިނުން

ކެއުމުގައި ވިޓަމިންސް އާއި ޕްރޮޓީން އަދި ކާބްސް އާއި ފައިބަރ ލިބޭ ފަދަ ކާނާ ބޭނުން ކުރުން ރަނގަޅުވާނެއެވެ. އަދި ގިނައިން ފެނާއި ދިޔާ ތަކެތި ބުއިމަކީ ވެސް ރަނގަޅު ކަމެކެވެ.

މާ ބުރަކޮށް މަސައްކަތް ނުކުރުން

ބަލިން ފަސޭހަވުމަށް ފަހު ވެސް ހަށިގަނޑު އަދި ބަލިކަށިވާނެއެވެ. އެހެންކަމުން ހަށިގަނޑަށް މާ ބުރަ ނުވާނެހެން ލުއިކޮށް އުޅުމަށް އާދަކުރާށެވެ. މީހާ އެއްކޮށް ރަނގަޅު ވަންދެން ސިކުނޑި އާއި ހަށިގަނޑު ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް މަދުކޮށްލާށެވެ.

ބްރޭކެއް ނެގުން

ކޮންމެ ދުވަހަކު ވެސް ހުރިހާ ކަމަކުން ބްރޭކެއް ނަގައި އަރާމު ކޮށްލާށެވެ. ބްރޭކެއް ނަގަން ބޭނުން ނުވި ނަމަވެސް ބްރޭކް ނަގާށެވެ.

ހަށިގަނޑު އެއްކޮށް ރަނގަޅު ވަންދެން މިގޮތަށް ކަންތައް ކުރާށެވެ. އަދި ކުއްލިއަކަށް ދުވަހުގެ ތާވަލު ބަދަލު ކުރުމުގެ ބަދަލުގައި މަޑުމަޑުން ކުރީގެ ދުވަހުގެ ތާވަލަށް ރުޖޫއަވާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބައޯ

    ރަނގަޅ ވާހަކަ އެއް