ލޯބިވެރިޔާ ކައިރިން އިންނަން އަހަން ތަފާތު އުކުޅުތައް ބޭނުން ކުރެެއެވެ. އެއްބަޔަކު އެ އަގޮޓި ފޮރުވަންވެސް ވަރަށް މަސައްކަތް ކުރެއެވެ. ތަފާތު އުކުޅުތައް ބޭނުންކޮށްގެން ލޯބިވެރިޔާ އަށް ސަޕްރައިޒްދެއެވެ.

މިއީވެސް އެފަދަ ތަފާތު ޕްރޮޕޯސަލް އެކެވެ. ދޭ ހަދިޔާތަކުގައި އަގޮޓި ފޮރުވާފައި ހުރުމާއި، މާބޮޑި އާ އެކީ އަގޮޓި ދިނުން މިއީ ހާއްސަކޮށް ކުރާ ކަންކަމެވެ.

އެގޮތުން މި ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ ކައިރިން އިންނަން އެހީ ޕާނީ ޕޫރީ ތެރޭގައި އަގޮޓި ފޮރުވައިގެންނެވެ.

މި ޕްރޮޕޯސަލް ވައިރަލް ވެގެން ގޮސްފައި ވަނީ އެ އަންހެން މީހާ އެ ފޮޓޯތައް ޓްވިޓާގައި ހިއްސާ ކުރުމުންނެވެ. އޭގެ ފަހުން އެ ޕްރޮޕޯސަލްގެ ވާހަކަ މުޅި މީސް މީޑިއާގައި ދައްކަން ފެށިއެވެ.

އެ ފޮޓޯތަކުން ފެނިގެން ދަނީ، ދެ ލޯބިވެރިން އުފާވެފައި ތިބޭ ތަނެވެ. އޭގެ އެއް ފޮޓޯއެއްގައި ޕާނީ ޕޫރީ ތެރޭގައި އަގޮޓި އޮންނަ މަންޒަރުވެސް ފެނިގެން ދެއެވެ. އަދި އަނެއް ފޮޓޯގައި އަންހެން މީހާގެ އަތުގައި އަގޮޓި އަޅުވާފައިވާ ތަން ފެނިގެން ދެއެވެ.

މި ފޮޓޯތައް ދައުރުވުމާއެކު އެއްބަޔަކު ވަނީ އެ އަންހެން މީހާއަށް އެކަން ނޭނގި އަގޮޓިވެސް ދިރުވާލެވިދާނެ ކަމަށް ބުނެ ވާހަކަދައްކާފައެވެ. އެއީ ހަމަވުން ގާތް ކަންކަމެވެ. އެހެން ނަަމަވެސް މިއީ އެކަމާއި މެދު ވިސްނަންވީ ވަގުތު ނޫންތާއެވެ. އެ އަންހެން މީހާއަށް އެ އަގޮޓި ދިރުވާނުލެވޭކަން އޭނާގެ އަތުގައި އަޅުވާފައިވާ އަގޮޓިން އެނގެއެވެ.