ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރާއި ދެކޮޅަށް މީހުން ބުނާ ރުޅިވެރިކަމުގެ ބަސްތަކާއި، 'ބޮއިކޮޓް ކަރީނާ' ހޭޝްޓެގް މީސް މީޑިއާގައި ހިޓްވެއްޖެއެވެ.

އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ބުނަމުންދަނީ ކަރީނާ މީހުންގެ ދީނީ ކަންކަމަށް ބުރޫ އަރާކަހަލަ ކަންކަން ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަތައް ފެންމަތިވެ، ކަރީނާއާއި ދެކޮޅަށް ގިނަ ބަޔަކު އަރާފައިވަނީ ސީތާގެ (ހިންދޫން މާތް މީހެއް ކަމަށް ގަބޫލްކުރާ އަންހެނެއް) ރޯލް ކުޅުމަށް ބޮޑު އަގެއް ހުށަހެޅުމުންނެވެ.

https://twitter.com/arpitahindu/status/1403591910355202052?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1403591910355202052%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.koimoi.com%2Fbollywood-news%2Fwhy-boycott-kareena-kapoor-khan-trending-heres-all-you-need-to-know%2F

ދާދި ފަހުން ސީތާގެ ރޯލް ކުޅެން ހުށަހެޅުމުން ކަރީނާ ކަޕޫރު ޑިމާންޑް ކޮށްފައިވަނީ އެ ޕްރޮޖެކްޓަށް 12 ކްރޯޒް ދިނުމަށެވެ. މިކަމާއި ގުޅިގެން ބަތަލާ ކަރީނާ ކަޕޫރް ހާން ވެގެން ދިޔައީ މީސް މީޑިއާ ބޮޑަތި ޕްލެޓްފޯމް ތަކުގައި އައު ބައިކޮޓް ޓްރެންޑަކަށެވެ. ޓްވިޓާ ފަދަ ވަރުގަދަ މީސް މީޑިއާ ޕްލެޓްފޯމް ތަކުގައި ކަރީނާ އާއި ދެކޮޅަށް އަޑު އުފުލަައި، ނަފްރަތު އުފައްދަމުން ދަނީ ކަރީނާގެ ފިރިމީހާ ސައިފް އަލީ ހާން މުސްލިމަކަށް ވެފައި، ކަރީނާ ހިންދޫންގެ ކެރެކްޓާއެއް ދައްކުވައިދޭ ރޯލެއް ކުޅެން ބޮޑު އަގެއް ހުށަހެޅުމުންނެވެ.

އިންޓަނެޓްގައި ކަރީނާއާއި ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުން ބުނަމުންދަނީ ސީތާގެ ރޯލް ކުޅެން ބޭނުންވަނީ ފުރިހަމަ ހިންދޫ ދީނުގެ މީހެއް ކަމަށެވެ. އެ ރޯލަށް ކަރީނާ ކަމުނުދާ ކަމަށް ފާޅުގައި ދަނީ ގޮވާލަމުންނެވެ.

ކަރީނާ އަކީ ހިންދޫ ދީން ދޫކޮށް މުސްލިމް ވެފައިވާ މީހެއް ކަމަށާއި، އޭނާ އަކީ ނިރުބަވެރި އެއް ކަމަށް ބުނެ، ހިންދޫން ގަބޫލުކުރާ ގޮތުން މާތް އަންހެނެއްގެ ރޯލު ކުޅެން ކަރީނާ އެއްގޮތަކަށް ވެސް ކަމުނުދާކަމަށް މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

މަސްލަހަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަރީނާގެ ބަހެއް އެކަމުގައި ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 🙄

    ކޮންއިރަކު ތިޔަ ބުނާ ކަރީނާ އެއް މުސްލިމްވީ؟

    28
    2
  2. Anonymous

    މި އިންޑިޔާ މީހުން މުސްލިމުންނަށް ނިރުބަވެރިން ނޫން އެއްޗެއް ނުކިޔާ. ބުދު މީގުންނަކީ އިންސާނުން މަރައިގެން ކައި ވަލުޖަނަވާރުން ތަކެއްފަދަ އަނިޔާވެރިބައެއް. ކުޑަކުދިން ރޭޕް ކޮށް އެންދުން މިމީހުންގެ އެންމެ އާއްމުކަމަކީ. ﷲ ގެ ދީނަށް އުޅޭ މީހުންނަށް ޝައިޠާނާ މި ނުބައި މީހުން ލައްވާ ނުކިޔާނެ ދޫނަމެއްވެސް. މިމީހުންނަކީ ޝައިޠާނާގެ އަޅުން. ޝައިޠާނާއީ އިންސާނުންނަށްހުރި ފާލުވެގެންވާ ދުޝްމަނެއް.

    16
    1
  3. ޜީނާ

    ޢެ ކަރީނާ ޒާ ކިރް ނައި ކް އަށް ބުނި ކަމަށް ވަނީ ތިމަންނާ ކައިވެނި ކުރީ ސައިފްގެ މަޒްހަބަ ކާ ނޫނޭ ސައިފް
    އާއޭ. ޙަރުބީ ކާފަރެއް ކަރީނާ އަ ކީ. ތިޔަ ސައިފްމެން ވެސް މުސްލިމުން ކަމުގަ ނުބެލޭނެ ކަމަށްފެނޭ . ޢެއީ ހިންދޫންގެ ފެސްޓިވަލް ތަ ކުގައި ބައިވެރިވެ ފައްޅިއަށްވެސް ދާތީ. ޙިތުގަ އޮންނަ އެއްޗެއް ދެނެވޮޑިގެން ވާނީﷲ.

    17
    1