އެންމެ ރަނގަޅު އިސްކޮޅަކީ ކޮބައިކަމާއި ގުޅޭގޮތުން އަބަދުވެސް ބަހުސް ކުރެއެވެ. ބައެއް މީހުން ވަރަށް ކުރެވެ. ބައެއް މީހުން ވަރަށް ދިގެވެ. ބައެއް މީހުން ބުނާގޮތުން ނަމަ އެ މީހުން ބޭނުންވަނީ ވަކި މިންވަރެއްގައި އިސްކޮޅު ހުރުމަށެވެ. ބައެއް މީހުން ބޭނުންވަނީ ވަކި ވަރަަކަށް ދިގުވާށެވެ. ނޫނީ ކުރުވާށެވެ.

އެއް ބަޔަކު ބުނާގޮތުގައި، މާބޮޑަށް ދިގުވުމުން ގެއްލުންތަކާއި ކުރިމަތިލާން ޖެހެއެވެ. އެކަން ކިޔާމިދެނީ އިސްކޮޅުގައި ހަ ފޫޓު 11 އިންޗި ހުންނަ މީހެކެވެ.

އޭނާ ވަނީ އެކަމުން އޭނާއަށް ހުރި ދަތިތައް އެންމެ ވިޑިއޯއެއްގެ ޒަރިއްޔާއިން ހިއްސާ ކޮށްފައެެވެ. އެ ވީޑިއޯގައި އޭނާ ދައްކަނީ އޭނާގެ އެ އިސްކޮޅުގައި ހުރެގެން ފިހާރައިގެ ހުރި އެއްޗެހިތައް ފެންނަ ގޮތެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ އޭނާ ސުޕާމާކެޓެއްގެ ތެރޭގައި އުޅޭ ތަނެވެ.

 

View this post on Instagram

 

A post shared by Sean❄️ (@seanhasjokes)

އެގޮތުން އެ މާކެޓްގެ ހަރުތައް މަތީގައި ހުރި ހިރަފުސްތައް އެ ވީޑިއޯއިން ދައްކާލައެވެ. އަދި މިއީ އޭނާއަށް ފެންނަ އޮތް ކަމަށް ބުންޏެވެ

އަދި އެތަނުގައި ހުރި އޭނާގެ ލޯބިވެރިޔާވެސް ދައްކާލައެވެ. އަދި އޭނާގެ ލޯބިވެރިޔާ އޭނާއަށް ފެންނަ ގޮތަކީ މިއީ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި، ގިނަބަޔަކު އޭނާގެ އެ އިސްކޮޅު ހުންނަން ބޭނުން ވެއެވެ.

އެ ވީޑިއޯ ދައުރުވުމާއެކު އެއްބަޔަކު ވަނީ އޭނާ ވެއްޓެން ކިހާ ވަގުތެއް ނަގާތޯ ސުވާލު ކޮށްފައެވެ.

އެ ވީޑިއޯއިން އޭނާ އެ ދައްކައިދެނީ އޭނާ ދިގުކަމުން ދުނިޔޭގެ އެކި ތަންތަން އޭނާއަށް ފެންްނަ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ތި މީހަކު ރާއްޖެ އެތެރެވިޔަނުދޭތި. ގިފިލި ބަލާވަރުން އުނދަގޫވާނެ!

    27
    2
    • އާކިފް

      ހަހަހަ

    • އިން

      ވެރީ ފަނީ