ބޮޑު އާއިލާއެއްގެ ވެރިއެއް ކަމަށްވާ އިންޑިޔާގެ މިޒޯރަމްއަށް ނިސްބަތް ޒިއޮނާ ޗަނާ މަރުވެއްޖެ އެވެ.

ޒިއޮނާ ޗަނާ މަޝްހޫރުވެފައިވަނީ އެންމެ ގިނަ އަނބިން ގެންގުޅޭ އަދި އެންމެ ގިނަ ކުދިންގެ ބައްޕަގެ ގޮތުގައި އެވެ. 76 އަހަރުގެ ޒިއޮނާ މަރުވެފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުގައި ފަރުވާހޯދަމުން ދަނިކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަކީ ހަކުރުބަލީގެ އިތުރުން ލޭމައްޗަށް ދިއުން ވެސް ހުންނަ މީހެކެވެ.

ޒިއޮނާ މަރުވި އިރު އޭނާގެ 38 އަނބިންނާއި 89 ކުދިން އެބަތިއްބެވެ. ޕީޓީއައި ނޫހުން ރިޕޯޓުކުރާގޮތުގައި ޒިއޯނާ މަރުވެފައިވަނީ ތިންދުވަސްވަންދެން ހޮސްޕިޓަލުގައި ފަރުވާހޯދުމަށް ފަހުގައެވެ.

އިންޑިޔާގެ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ބެގްޓުއަންގް ޓަލަންގުއަމް ގައި ޒިއޮނާގެ އާއިލާ ދިރިއުޅެމުން އަންނަނީ ހަތަރުބުރީގެ ގެއެއްގައި އެވެ. މިގޭގައި 100 އަށްވުރެ ގިނަ ކޮޓަރި ހުރެ އެވެ. ޒިއޮނާގެ ބޮޑު އާއިލާގެ ސަބަބުން ގިނަ ޢަދަދެއްގެ ފަތުރުވެރިންވެސް އެ އަވަށަށް ޒިޔާރަތް ކުރާކަމަށް ވެއެވެ.

މިޒޯރަމްގެ ޗީފް މިނިސްޓަރ ވަނީ ޒިއޯނާ މަރުވުމުން އެކަމުގެ ހިތާމަ ފާޅުކޮށްފަ އެވެ. ޒިއޯނާ ބެލެވިފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ އިސްމީހާގެ ގޮތުގައި އެވެ.

ޒިއޮނާ ފުރަތަމަ ކައިވެންޏެއް ކޮށްފައި ވަނީ އޭނާގެ އުމުރުން 17 އަހަރުގައި އެވެ. އޭރު އޭނާގެ އަންހެނުން އޭނާ އަށްވުރެ ތިން އަހަރު ދޮއްޓެވެ. ޒިއޮނާ އެންމެ ފަހުން ކައިވެންޏެއް ކޮށްފައި ވަނީ 2004 ވަނަ އަހަރުއެވެ. އޭނާގެ އާއިލާގެ އެންމެންވެސް ދިރިއުޅެނީ އެއް ގެއެއްގައި އެވެ. ނަމަވެސް ޒިއޮނާގެ އަންހެން ކުދިން އުޅެނީ އެމީހުން އިނދެގެން އުޅޭ މީހުންގެ ގޭގޭގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަޖާނަގާ ގެރި

    އެ ކކކކކަކަކ ކައް ހުއްދައި 4 އަނބިން

    10
    3
  2. ޚާރު

    ޢެމީހުން ތައް ޖާހިލެގެ ކިބައިން މިންޖު ވީ އެވެ

    13
    1
  3. ފުތާ

    އެމީހާ މީހުނާއި އިނީމަ ޖާހިލުީ. ކަލޭމެން ނުއިދެ ކިތައްމެ ގިނައިން ޒިނޭކުރިއަސް ވަރިހަމަ ދޯ. ހުދު ކާފޫރު ކޮޅެއް. ނިކަން އެގޭ ދުވަހަކުން ކަލޭމެންެ ދަރިނގެ އަދަދު އެގޭނެ.

    1
    1
  4. ައަކުނަމޓާޓާ

    39 އަންހެނުންނާއި އިނދެގެން އުޅުނު 89 ކުދިންގެ ބައްޕަ މަރުވެއްޖެ.ސުރުޙީ ގއ އޮތީ މިހެން އެކަމަކް ޒިއޮނާ މަރުވި އިރު އޭނާގެ 38 އަނބިންނާއި 89 ކުދިން އެބަތިއްބެވެ. ކިހިނެއް މިވީ..އެކަަކ މަރު ވީތަ...