ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ ދެ މަފިރިން ކަމުގައިވާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަންގެ ކައިވެނި ކުރެވުނީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.

އައިޝްވާރިޔާ ގާތު ކައިވެނި ކުރުމަށް އަބީޝޭކް ހުށަހެޅީ ފިލުމު ޖޯދާ އަކްބަރުގެ ޝޫޓިންގެ ތެރެއިންނެވެ. އެ ދުވަސް ހަނދާން ކުރަމުން އައިޝްވާރިޔާ ބުނެފައިވަނީ އޭނާ ހުރީ ޝޫޓިންއަށް ކައިވެނީގެ ހެދުމެއް އަޅައިގެން ކަމަށެވެ. އަދި އެވަގުތު އެތަނުގައި އެ ފިލުމުގެ ޑައިރެކްޓަރ އަޝުތޯޝް ގުވަރިކާއާއި ރިތިކް ރޯޝަން ވެސް ހުރި ކަމަށް އޭނާ ބުންޏެވެ.

ޖޯދާ އަކުބަރުގެ ލަވައެއް ކަމަށްވާ ''ޚުވަޖާ މެރޭ ޚުވަޖާ'' ގެ ޝޫޓިންގެ ތެރެއިން އިންނަން އެހުމުން އައިޝްވާރިޔާ ހުރީ ގަބޫލު ކުރަން ދަތިވެފައެވެ. ކައިވެނީގެ ހެދުމެއްގައި އައިޝްވާރިޔާ ހުރި އިރު އޭނާއަށް އޮން ސްކްރީން އަދި އޮފް ސްކްރީންގައި އަންބަކަށް ވާން އުޅޭ ކަމުގެ އިހުސާސް ކުރެވި ގަބޫލު ކުރަން ދަތިވި ކަމަށް އައިޝްވާރިޔާ ބުނެފައިވެއެވެ.

އައިޝްވާރިޔާ އާއި އަބީޝެކް އެންގޭޖެ ކުރުމާ އެކު ޑައިރެކްޓަރ އާޝުތޯޝް ގަބޫލު ކުރަން ދަތިވެ އެންގޭޖެ ކުރީ ތޯ ތަކުރާރުކޮށް ސުވާލު ކޮށްފައިވާ ކަމަށާއި އަދި ރިތިކް ރޯޝަން ވެސް ހައިރާންވި ނަމަވެސް އައިޝްވާރިޔާއަށް މަރުހަބާ ކިޔައި ބޮޑުވައި އިނގިލިން ''ތަމްޕްސް އަޕް'' އެއް ދީފައިވާ ކަމަށް އައިޝްވާރިޔާ ބުނެފައިވެއެވެ.

އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން ކައިވެނި ކޮށްފައިވަނީ އަމީތާބު ބައްޗަން ގޭގައި ސިއްރު ހަފުލާއެއްގައެެވެ. މިހާރު މި ދެމަފިރިންނަކީ 9 އަހަރުގެ އަންހެން ދަރި އަރަދިޔާ ބައްޗަންގެ ފަހުރުވެރި މައިންބަފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޭބަލި

    ސިއްރު ހަފްލާއެއް ނޫން

    4
    1