ފައިން ލޮނު ދައި ހިއްލައިގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ ފައިތިލަ އިން ނުބައި ވަސް ދުވާތީ އުޅޭ މީހުން މަދެއް ނޫނެވެ. ވަކިން ހާއްސަކޮށް އިސްޓާކީނަށް އަރައިގެން އުޅޭ މީހުންނާއި އިސްޓާކީނަށް އަރައިގެން ގިނަ ވަގުތު ހޭދަކުރަން ޖެހޭ މީހުންނަށް މިއީ އުނދަގޫ ކަމެކެވެ. މިފަދަ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރެކެވެ.

ތައިލެންޑުގެ ދިރާސާކުރާ ޓީމަކުން މިވަނީ ފައި ތިލައިން ދުވާ ނުބައި ވަސް ނައްތާލާނެ ގޮތެއް ހޯދައިފައެވެ. މި ޓީމުން ވަނީ ފައިތިލައިގައި ނުބައި ވަސް ދުއްވާ ބެކްޓީރިއާ މަރައިލާ ފަދަ އިސްޓާކީނެއް ތައްޔާރު ކޮށްފައެެވެ.

މި ދިރާސާގެ އިސް ޑޮކްޓަރ ޕުންޔާވީއަށް މި އިސްޓާކީނު ތައްޔާރު ކުރުމުގެ ހިޔާލު އައީ އޭނާގެ އިންޓާންޝިޕް ދުވަސްވަރު ސިފައިންގެ ތެރެއިން ބައެއް މީހުންގެ ފައިން ނުބައި ވަސް ދުވުމުންނެވެ.

އެންޓި ސްޓިންކް ސޮކްސް ޓެކްނޮލޮޖީން ވަނީ ތާއީ ނަވަލް ރޭޓިން ސުކޫލުގެ 148 ކެޑޭޓެއް މި އިސްޓާކީނު ޓެސްޓު ކުރުމުގައި ބައިވެރިކޮށްފައެވެ. އަދި 14 ދުވަސް ވަންދެން މި މީހުންގެ ތެރެއިން ބައެއް މީހުން އެންޓި ސްޓިންކް ސޮކްސް ބޭނުން ކުރިއިރު އަނެއް ބަޔަކަށް ދީފައިވަނީ އާދައިގެ އިސްޓާކީނެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި އާދައިގެ އިސްޓާކީނަށް އެރުމުގެ ސަބަބުން ފައިން ދުވާ ނުބައި ވަސް ފިލުވާ ނުލެވުނު ނަމަވެސް އެންޓި ސްޓިންކް އިސްޓާކީނުން މި ނުބައި ވަސް ނައްތާލާ ކަމަށެވެ.

ޑޮކްޓަރ ޕުންޔާވީ ބުނެފައިވާ ގޮތުގައި މި އިސްޓާކީން ސިފައިންގެ ޔުނިފޯމު އަޅައިގެން އުޅޭ މީހުންނަށާއި ފައިން ނުބައި ވަސް ދުވާތީ އެކަމަކަށް ލަދުގަންނަ މީހުންނަށް އެންމެ ރަނގަޅު ވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު