ކޮރެއާ ޑްރާމާތައް ބަލާ މީހުން ވަރަށް ގިނައެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ކޮރެއާގެ ފިލްމުތަކަށާއި ޑްރާމާތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ދެކުނު ކޮރެއާގެ ފިލްމު އިންޑަސްޓްރީ މިހާރު އަންނަނީ ކުރިޔަށް ޖެހި އިތުރަށް ފުރިހަމަ ވަމުންނެވެ.

ނެޓްފްލިކްސްގައި ކޮރެއާެ ޑްރާމާތަކާއި ފިލްމުތައް ހުރިއިރު މި ބަލާލަނީ އޭގެ ތެރެއިން މިހާރު އެންމެ މަޝްހޫރު ޑްރާމާތަކަށެވެ.

ކްރޭޝް ލެންޑިން އޮން ޔޫ

މި ޑްރާމާ ސީރީސް ލިޔެފައިވަނީ ޕާކް ޖިއުންއެވެ. މީގެ ޑައިރެކްޓަރަކީ ލީ ޖުން ހިޔޯއެވެ. މި ޑްރާމާގައި ފެނިގެންދާ ތަރިންނަކީ ހިއުން ބިން، ސަން ޔެޖިން، ސިއޯ ޖީހިޔޭ، ކިމް ޖަންހުއަންއެވެ.

ލޯބީގެ ވާހަކައަކަށް ހަދާފައިވާ މި ސީރީސްގައި ފެނިގެންދަނީ އުތުރު ކޮރެޔާގެ ސިފައިންގެ މީހަކު ދެކުނު ކޮރެއާގެ އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅި ހިނގާ ކަންކަމެވެ.

ވިންޝެންޒޯ

މި ޑްރާމާ ސީރީސް ލިޔެފައިވަނީ ޕާކް ޖައޭބަމްއެވެ. މީގެ ޑައިރެކްޓަރަކީ ކިމް ހީވޮންއެވެ. މި ޑްރާމާގައި ފެނިގެންދާ ތަރިންނަކީ ސޮންގ ޖޫންކީ، ޖިއޮން ޔިއޯ ބިން، ތައެކް ޔެއޮންއެވެ.

މި ފިލްމުގައި ފެނިގެން ދަނީ އިޓަލީގެ މާފިޔާ އާއިލާއެއް ސޮންގ ޖޫންކީ އެޑޮޕްޓު ކޮށްގެން އިޓަލީއަށް ގެންދާ ތަނެވެ. އަދި އިޓަލީގައި އެމީހުންގެ އާއިލާގެ މެމްބަރެއް ހެން ސޮންގ ޖޫންކީ ބަލަމުން ދަނިކޮށް އާއިލާގެ އިސްމީހާ، ބައްޕަ މަރުވެއެވެ. އަދި މާފިޔާ އާއިލާގެ ބައްޕަގެ އަސްލު ފިރިހެން ދަރި ސޮންގ ޖޫންކީ(ވިންޝެންޒޯ) މަރާލަން މަސައްކަތް ކުރެއެވެ. ނަމަވެސް އެކަމެއް އޭނާ އަށް ނުކުރެވެއެވެ.

ރިކޯޑް އޮފް ޔޫތު

މި ޑްރާމާ ސީރީސް ލިޔެފައިވަނީ ހާ މިއޮންގ ހީ އެވެ. މީގެ ޑައިރެކްޓަރަކީ އާން ހިލް ހޯއެވެ. މި ޑްރާމާގައި ފެނިގެންދާ ތަރިންނަކީ ޕާކް ސޯޑަމް، ޕާކް ގޯ ބަމް، ބަޔޯން ވޯ ސޯކް އަދި ވިއޮން ސޯ ހިއޮންއެވެ.

އިތުރު ސީރީސްތައް:

އީޓެއިވަން ކްލާސް

ލޯ ސްކޫލް

އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ

ދަ އަންކެނީ ކައުންޓާ

ސްޓާޓް އަޕް

މެމޮރީސް އޮފް ދަ އަލްހަމްބްރާ

ސްއީޓް ހޯމް

ރަން އޮން

ނަވިލޭރާ

ދަ ކިންގް: އެޓާނަލް މޮނާކް

ރޫކީ ހިސްޓޯރިއަން ގޯ ހޭ ރަޔަންގް

މައި މިސްޓަރ

100 ޑެއިސް މައި ޕްރިންސް

ލަވް އެލާމް

ސްޓްރޭންޖަރ

ބޮއިސް އޯވާ ފްލާވާސް

މިސްޓިކް ޕޮޕްއަޕް ބާ

ދަ ކޭ2

ސްޓްރޭންޖާސް ފްރޮމް ހެލް

މިސްޓަރ ސަންޝައިން

އާތްޑަލް ކްރޮނިކަލްސް

ކިންގް ޑަމް

ދަ ބްރައިޑް އޮފް ހަބީކް

ލައިފް

ބްރިންގް އިޓް އޮން ގޮސްޓް