ދަތުރުކުރަމުންދިޔަ ފްލައިޓެއްގެ ތެރޭގައި ދެމީހަކު ކައިވެނިކޮށްފިއެވެ. މި ކައިވެނި ކޮށްދީފައިވަނީ އެ ފްލައިޓުގެ ޕައިލެޓެވެ.

ސައުތްވެސްޓް އެއާލައިން ތެރޭގައި ކައިވެނި ކުރި މި ދެމަފިރިން ބަލިޓްމޯރްއަށް ދިޔުމަށް ކުރި ދަތުރުގައި ތިބީ ކައިވެނީގެ ހެދުމުގައެވެ. މި ދެމީހުން އެ ދަތުރުކޮށްފައި ވަނީ ލަސްވެގަސްގައި އެމީހުން ބޭއްވި ކައިވެނީގެ ހަފްލާއަށް ފަހުއެވެ.

ކައިވެނީގެ ހަފްލާއަށްފަހު އެ ފްލައިޓަށް އަރައި ދަތުރު ފެށިތާ މާގިނައިރު ނުވަނީސް، އެ އެއާލައިންގެ ސްޓާފުން މި ދެމަފިރިންނަށް ހާއްސަކަމެއް އެ ފްލައިޓް ތެރޭގައި ކުރަން ބޭނުންވިއެވެ. އެގޮތުން އަނެއްކާވެސް މަތިންދާ ބޯޓު ތެރޭގައި ކައިވެނި ކުރުމުގެ ފުރުސަތު އެ ދެމަފިރިންނަށް ދިނެވެ. އަދި ޕައިލެޓް ވަނީ އެ ދެމަފިރިންގެ ކައިވެނި ކޮށްދީފައެވެ.

ފްލައިޓް ނައްޓާލިތާ 45 މިނިޓް ފަހުން މި ދެމަފިރިން ވަނީ އެ ބޯޓުގައި ތިބި އެންމެންގެ ކުރިމަތީގައި އަލުން ކައިވެނިކޮށްފައެވެ. މި އުފާވެރި ޙަފްލާގައި ފްލައިޓުގައި އެވަގުތު ތިބި ގިނަ ޢަދަދެއްގެ ފަސެންޖަރުން ބައިވެރިވިއެވެ. މިކަމުގެ ސަބަބުން ފަސް ގަޑިއިރުގެ އެ ދިގު ދަތުރު އެ ދެމަފިރިންނަށް ވަރަށް ހާއްސަވިއެވެ.

މިކަމާއި ގުޅިގެން، ސައުތްވެސްޓް އެއާލައިންސް ބުނީ، ފަސެންޖަރުންނަށްޓަކައި އަބަދުވެސް ވަރަށް ހާއްސަ ކަންތައްތައް ކުރަން އެއާލައިނުން ބޭނުންވާ ކަމަށާއި މިއީ އެގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު