އެމެރިކާގެ ޓެކްސަސްގެ އަންހެނެއް ކަމަށްވާ އުމުރުން 34 އަހަރުގެ ބްރިއާނާ ބާކްސްޑަލް މީގެ ދުވަސްތަކެއް ކުރިން މީޑިއާގެ ސަމާލުކަން ހޯދީ އޭނާގެ ފިރިމީހާ ބޭވަފާތެރިވުމުން ކައިވެނި ޕާޓީގެ ހެދުން އަންދާލައިގެންނެވެ.

ފިރިމީހާ ބޭވަފާތެރިވުމުން ކައިވެނި ޕާޓީގައި ލައިގެން ހުރި ހަނދާނީ، ރީތި ހެދުން އަންދާލުމަށް ފަހު ބްރިއާނާ ވަނީ ފިރިމީހާ ކައިރިން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިފަހަރު އަނެއްކާވެސް ބްރިއާނާ މީޑިއާގެ ސަމާލުކަން މިހޯދީ ތަފާތު ކަމެއް ކޮށްގެންނެވެ. ވަރީގެ މައްސަލަ ކޯޓުން ނިންމުމުން ބްރިއާނާ ފޭސްބުކްގައި ބުނެފައި ވަނީ އެންމެ ފަހުން އެއްވެސް އަގެއް ނެތް، ބޭވަފާތެރިވި، އަނިޔާވެރި ފިރިމީހާ ކައިރިން ވަރިވެވިއްޖެ ކަމަށެވެ.

އަދި ވަރިއަށް ފަހު މިހާރު އޭނާ ބޭނުންވަނީ ދެމަފިރިން ހޯދާފައި ހުރި ހުރިހާ އެއްޗެއް ވިއްކާލަން ކަމަށް ބްރިއާނާ ބުންޏެވެ. އެގޮތުން ގޭގައި ހުރި ކާމޭޒާއި، ބަދިގޭގައި ހުރި ހުރިހާ އެއްޗަކާއި، ކިންގް ސައިޒް އެނދާއި ދެން ވެސް ހުރިއްޔާ ހުރި އެއްޗެއް ވިއްކާލަން އޭނާ ވަނީ މިހާރު އިއުލާން ކޮށްފައެވެ.

ބްރިއާނާ ބުނީ އެއިން އެއްވެސް އެއްޗަކީ އޭނާގެ ގޭގައި ބެހެއްޓޭ ވަރަށް ވުރެ އަގު ދަށް އެއްޗެއްސަށް މިހާރު ވަނީ ވެފައެވެ. އެއީ އެތަކެތީގެ އެއް ހިއްސާދާރަކީ އަގެއް ނެތް މީހަކަށް ވުމުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ބްރިއާނާގެ ހިތްވަރަށް މީސް މީޑިއާގައި ވަރަށް ގިނަ މީހުން ދަނީ ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ދޮންކަނބުލޯ ހުރިހާ އެއްޗެއް ވިއްކިޔަސް ކަނބުލޮގެ ޙަޔާތުގައި ނާންނަ ދުވަހެއް ކަމަށް އެހަނދާންތައް ނެހެދޭނެ.

    18
    6
    • ވސނ

      ޕާސްޓް އިސް ޕާސްޓް... އަ ގު .ދަށް.ފިރެހެނުންގެ .އަގު .ވަޒަންކުރަން.ރަނގާޅު.ގޮތެއް.......................

      13
      1
      • ާމުހައްމަދު

        ޢަގު ދަށް އެއްޗިސްސޭ ކިޢާފަ އެ ވިއްކާލައިގެން ލިބޭ ފައިސާ އޯކޭ!

        8
        1
        • ފަރީ

          ޕާޓީ ބޭއްވީމަ ވީނު. ހެވެއްނު ކޮންމެ ކަމެއް ކުރިޔަސް

  2. ސަމީ

    މީ ތަ ތިޔަބުނާ ހިތްވަރަކީ . ސާ ބަސް ލިޔުންތެރިޔާ އަށް

    13
    2
  3. މަރިޔަނބު

    ހިތްވަރުތޯ ހިތްހަލާކުވުންތޯ؟ އެންމެ ރިވެތި ވެގެންވާ ހިތްވަރެއް ނޫން އަދި ތީކީ

    9
    1
    • ހޫ

      ހިތްވަރު އެއީ ބޭވަފާތެރިވާ މީހާގެ ހަދާން ފިލުވާލަން ފަސޭހަވާނެ ކޮންމެހެން ރޮއެރޮއެ ޑިޕްރެޝަންއަށް ގޮސް ވިސްނުމުގެ ބޭނުމެއް ނެތް.

      13
  4. ބިޑި ކ!

    ބަރާ ބަރު! މަ ވެސް ތި ކަމާއި ވިސްނާނަން

    12
    2
  5. ކުލިކޭހަލް

    ކޭއެއްޗެހިވެސް ބޭރުކުރަންވީނު މޮޔަގޮލައެއްތަ އެއީ؟