ޓައިޓޭނިކުގައި މަސައްކަތްކުރި މީހަކު، އެބޯޓުގައި ހުރެގެން އެހެން މީހަކަށް ފޮނުވާފައިވާ ޕޯސްޓު ކާޑެއް، ބޮޑު އަގުގައި ނީލަން ކިޔަން ނިންމައިފިއެވެ. ޓައިޓޭނިކުގައި މަސައްކަތްކުރި އަންހެނަކު، އޭނާގެ ރަޙުމަތްތެރިއަކަށް ފޮނުވާފައިވާ މި ކާޑުގެ އަގު އުޅެނީ 20،000 ޑޮލަރާއި 26،000 ޑޮލަރާ ދެމެދުގައެވެ.

އެމެރިކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ކާޑު ލިޔެފައިވާ މީހާގެ ނަމަކީ ސަރާ ޑެނިއަލްސް އެވެ. އަދި، އޭނާ މި ކާޑު ފޮނުވާފައިވަނީ ނެލް ގްރީން ނަމަކަށް ކިޔާ މީހަކަށެވެ. ޓައިޓޭނިކު ފެތުމުގެ ހަތަރު ދުވަސްކުރިން، އޭޕްރީލް 11، 1912 ގައި މި ކާޑު ވަނީ ފޮނުވާފައެވެ.

މި ކާޑުގައި މައިގަނޑު ފޮޓޯއެއްގެ ގޮތުން ޓައިޓޭނިކުގެ ފޮޓޯއެއް އިން އިރު، ކާޑުގައި މެސެޖު ލިޔެފައިވަނީ ފަންސޫރު ބޭނުންކޮށްގެންނެވެ. އަދި، އަޔަލެންޑުގެ ސްޓޭމްޕެއް، މި ކާޑުގައިވަނީ ޖަހާފައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަރާ، މި ކާޑުގައި މައިގަނޑު ގޮތެއްގައި ލިޔެފައިވަނީ އޭނާގެ އެކުވެރިޔާ ޓައިޓޭނިކުގައި ހުރިނަމަ ވަރަށް އުފާވެރިވީސްކަމަށެވެ. އަދި، އޭނާއާއިއެކު އެކުވެރިޔާ ވާން އުންމީދުކުރާ ވާހަކަވެސް ލިޔެފައިވެއެވެ.

ޓައިޓޭނިކު ފެތުނު ވާހަކައަކީ މަޝްހޫރު ވާހަކައެއްކަމަށްވާއިރު، އެއީ އެޒަމާނުގައި ބަން އެންމެ ބޮޑު ބޯޓެވެ. އަދި، އެބޯޓުވަނީ އެފަދަ އެހެން އުޅަނދުތަކަށް ގޮންޖަހާލައި، އެވަރުގެ އެހެން އުޅަނދެއް ނުބަނދެވޭނެކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު