ދެކުނު ކޮރެއާގެ ކޭޕޮޕް ގުރޫޕެއް ކަމުގައިވާ ބްލެކްޕިންކް އަށް ފަސް އަހަރު ފުރުން ފާހަގަ ކުރުމަށް ތައްޔާރު ވަމުންދާ ކަމަށް އެ ޖެންސީއިން ބުނެފިއެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހު ކޮރެއާގެ ލަވަކިޔާ އަންހެން ގުރޫޕެއް ކަމުގައިވާ ބްލެކްޕިންކަށް ފަސް އަހަރު ފުރުން ފާހަގަ ކުރުމަށް ސަޕޯޓަރުންނަށް މުޅިން އާ ކަންތައްތަކެއް ގެނެސްދެވޭނެ ކަމަށް ވެސް އެ ޖެންސީއިން ބުނެފައިވެއެވެ.

''4+1 ޕްރޮޖެކްޓް'' ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުންދާ މި ޕްރޮޖެކްޓްގައި ސަޕޯޓަރުން ދެމުންގެންދާ ލޯތްބާއި ސަޕޯޓަށް އެކަށޭނެ ފެންވަރުގެ ޕްރޮޖެކްޓްތަކެއް ތައްޔާރު ކުރެވިފައިވާނެ ކަމަށް އެޖެންސީން ބުނެފައިވެއެވެ.

ނަމަވެސް މިއިން އެއްވެސް ޕްރޮޖެކްޓެއް ނުވަތަ އިވެންޓެއް ނުވަތަ ކުރާ އެއްވެސް ކަމެއްގެ މައުލޫމާތު ދީފައެއް ނުވެއެވެ.

ބްލެކްޕިންކް އޮފިޝަލްއިން ޓުވިޓާގައި ވަނީ ފަސް ވަނަ އަހަރު ފުރުމާ ގުޅިގެން ''1+4 ޕްރޮޖެކްޓް'' ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހު ތައާރަފްވި މި ގުރޫޕުގެ ފުރަތަމަ އަލްބަމަކީ ''ސްކޮޔާ ވަން'' އެވެ. މި އަލްބަމްގައި ''ވިސްލް''، އާއި ''ބޫމްބަޔާހް'' ފަދަ ލަވަތައް ހިމެނެއެވެ. ބްލެކްޕިންކްގެ އެތައް ލަވައެއް ވަނީ މިހާތަނަށް ޗާޓުތަކުގެ އެއްވަނައިގައި ހިމެނިފައެވެ. ''އޭސް އިފް ޔުއަރ ލާސްޓް''، ''ކިލް ދިސް ލަވް'' ފަދަ ލަވަތައް ފާހަގަކޮށްލެވެއެވެ.

ބީޓީއެސްއެކޭ އެއްފަދައިން ބްލެކްޕިންކަކީ ވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަގުބޫލުކަން ހޯދާަފައިވާ ގުރޫޕެކެވެ. ބްލެކްޕިންކުގެ ސަޕޯޓަރުން ބުނެފައިިވާ ގޮތުގައި މި ގުރޫޕަކީ އެމީހުންގެ މުޅި ދިިރިއުޅުމެވެ. އަދި އަބަދުވެސް ބްލެކްޕިންކުގެ ސަޕޯޓަރުންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ♥️♥️

  ♥️

  7
  6
 2. Anonymous

  ބްލެކްޕިންކް އިން ޔުއަރ އޭރިއާ!!! 💜💜💜💜

  8
  6
 3. Anonymous

  😍

  7
  6
 4. 😍

  ލޯބި 😘😘😘😘

  7
  5
 5. މަގޭ ބައްޕަ ބޮލް

  ނައިސް! ކީޕް ގޮއިން! އެކަމް އަހަރުން މީ ބީޓީއެސް ފޭންއެއް! ސްޓިލް އައި ސަޕޯރޓް ޔޫ💜

  1
  6