މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި އިންގްލޭންޑުގެ އަވަށަކުން ޖައްވަށް ފޮނުވާލި ކާއެއްޗެއް، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

އެސް. އެންސެލްމްސް ޕްރިޕަރޭޝަރީ ސްކޫލުގެ ދަރިވަރުންތަކެއް، ހައިއަލްޓިޓިއުޑް ފުއްޕާހަމެއްގައި ހަރުކޮށްގެން ފޮނުވާލި ޕުނޑިންގ ތަށިގަނޑެއް ގެއްލިފައިވާ ކަމަށް އެ ސްކޫލުން ވެސް ބުނެފައިވާއިރު، ފުއްޕާހަން ގެއްލިފައިވަނި ދުނިޔެއާއި 52،000 ފޫޓު މަތިން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ޓްރެކިންގ ޑިވައިސް އަކާއި އެކު، ޖައްވަށް ފޮނުވާލެވުނު މި ޕއްޕާހަން އެންމެ ފަހުން ފެނިފައިވަނީ، ބިމާއި 50،000 ފޫޓު މަތިން، އިންގްލޭންޑުގެ އަވަށެއް ކަމަށްވާ ސެކްސިލްބައި އާއި ދިމާލުންނެވެ. އަދި ފުއްޕާހަމުގައި ހަރުކޮށްފައިވާ ކެމެރާއަކުން، މި އުސްމިނުގައި ފޮޓޯތަކެއްވެސް ނަގާފައިވާއިރު، އޭގެ ފަހުން އޭގެ އެއްވެސް އިޝާރާތެއް ވެފައި ނުވާކަމަށް ސްކޫލުގެ ފަރާތުން ބުނެފައި ވެއެވެ.

ކެމެރާއެއްގެ އިތުރުން، މި ފުއްޕާހަމުގައި ފިނިހޫނުމިނާއި، ފުއްޕާހަން އޮތް ސަރަޙައްދު ދުނިޔެއަށް ފޮނުވުމުގެ ޤާބިލްކަން ލިބިފައިވާ އާލާތްތައްވެސް ހަރުކުރެވިފައިވާއިރު، ފުއްޕާހަން ގެއްލިފައިވަނީ އެއްވެސް މައްސަލައެއް ކުރިމަތިވުމަށްފަހު ކަމެއް އެނގޭކަށް ނެތެވެ. މިއީ ބިމާއި 114،000 ފޫޓު މައްޗަށް ފޯރުމުގެ ޤާބިލްކަން ލިބިފައިވާ ފުއްޕާހަމެކެވެ.

އޮފިޝަލުން ބުނެފައިވަނީ، ފުއްޕާހަން ގެއްލުނީ ކަމުގައި އަދި ބަލައިގަންނަން އަވަސް ކަމަށެވެ. އަދި އެ ފުޑިންގ ތަށިގަނޑާއި އެކު ފޮނުވާލެވުނު ފުއްޕާހަން ފެނުމުގެ ފުރުސަތުވެސް ބޮޑު ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. މީގެ ކުރިންވެސް ބައެއް ސްކޫލްތަކުން ޖައްވަށް ކާތަކެއްޗާއި އެނޫންވެސް ބައެއް ތަކެތި ފޮނުވާފައި ވެއެވެ. މީގެ ކުރިން މިގޮތަށް ފޮނުވާލި އެއްޗެއް ގެއްލިފައި ނުވީނަމަވެސް، ލިބޭ ގެއްލުމެއްގެ ސަބަބުން ވެއްޓޭ ފަހަރު އާދެއެވެ.