މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ އަންހެން ދަރިފުޅު 35،000 ރުޕީސް (7374.09 ރުފިޔާ)އަށް ގުޗީ ބްރޭންޑްގެ ބެލްޓެއް ގަތުމުން އެކަމާއި މަންމަ ޒުވާބު ކުރާ މަންޒަރެވެ. އެ ވީޑިއޯއިން އެނގޭ ގޮތުގައި އެ އަންހެން މީހާ އެހާ ރުޅިގަދަވެފައި ވަނީ ދަރިފުޅު އެހާ އަގުބޮޑުކޮށް އެ ބެލްޓް ގަތުމުންނެވެ.
އެ ވީޑިއޯގައި އަންހެން މީހާ ބުނަނީ އެއީ 150 ރުޕީސްއަށް ގަންނަ ވަރުގެ އާދައިގެ ބެލްޓަކާއި ވައްތަރުގެ ބެލްޓެއް ކަމަށެވެ. އަދި އެ ބެލްޓުގެ ހާއްސަ ކަމަކީ ކޮބައިތޯވެސް އެ އަންހެން މީހާ އަހައެވެ.
އެ ވީޑިއޯ އާއްމުކޮށްފައި ވަނީ އެ އަންހެން މިހާގެ އަންހެން ދެ ދަރިން ކަމަސްވާ އަނީތާ އާއި ޗަބީ އިންސްޓަގްރާމްގައި ހިންގާ ޕޭޖްގައެވެ. މީގެ ދެ ދުވަސް ކުރިން އޭގެ ވީޑިއޯ އާއްމުވުމުން އެތައް ބަޔަކު އެ ވީޑިއޯ ބަލާފައި ވެއެވެ. އެގޮތުން އެ ވީޑިއޯއަށް މިހާތަނަށް 1.7 މިލިއަން ވިއުސް ލިބިފައި ވެއެވެ.
View this post on Instagram
އެ ވީޑިއޯގައި އެ އަންހެން މީހާ އޭނާގެ ދަރިފުޅާއި ދިމާލަަށް މާބޮޑަށް ހަރަދާއި މެދު ނުވިސްނާ ކަމަށާއި، ގަންނަނީ ބޭނުން ތެރި އެއްޗެހި ނޫން ކަމަށް ބުނެފައެވެ.
މަންމަ އާއި ދަރިފުޅު އެކަމާއި ގޭގެ ސިޓީންގރޫމްގައި ވާހަކަދައްކަމުންދާއިރު، އެ ވީޑިއޯއިން ބައެއް މީހުން ހޭ އަޑުވެސް އިވެއެވެ. އަދި ބައެއް މީހުން ގޭތެރޭގައި އުޅޭ ތަންވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.
އެ ވީޑިއޯ އާއްމުވުމާއެކު އެތައް ބަޔަކު އެ ވީޑިއޯއާ ގުޅޭގޮތުން ވާހަކަދައްކާފައި ވެއެވެ.
ވަޓްސް ދަ ޕޮައިންޓް ހިޔަރ؟
މި ޚަބަރުގެ ބޭނުމެއް އެއްގޮތަކަށް ވެސް ނުވިސްނޭ
ހޫނނނ، މިއުޅޭ އިންޑިޢާ ބައެއް ދޯ.