މަޝްހޫރު ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނާއި ގުޅޭގޮތުން ދެކެވިފައިވާ ވާހަކަތަކުގެ ތެދު ދޮގު ބަލައި، އެކަމާއި ގުޅިގެން ވާހަކަދެއްކުމަށްް ހާއްސަކޮށްގެން ބައިސްކޯފުން ގެނެސްދެމުން އަންނަ 'ތުންތުން މަތިން' ޝޯ މި ހަފްތާގެ ޝޯގައި ފެނިގެން ގޮސްފައި ވަނީ އައިޝަތް ރިޝްމީ (ރިޝްމީ) އާއި ނުޒުހަތް ޝުއައިބް (ނުޒޫ) އެވެ.

ރިޝްމީ އާއި ނުޒޫގެ ދިރިއުޅުމުގައި ދިމާވެފައި ހުރި އެކި ވާހަކަތައް މި ޝޯގެ ތެރެއިން ހިއްސާ ކުރިއެވެ. އަދި އެކި ގޮތްގޮތްތައް އިވިފައި ހުރި އަޑުތަކުގެ ވާހަކަތައްވެސް ދެއްކިއެވެ.

މި ޝޯގެ ތެރެއިން މީގެ ކުރިން ކޮށްފައިވާ ކައިވެންޏާއި ގުޅިގެން ވާހަކަ ދައްކަމުން ނުޒޫ ބުނީ އެ ކައިވެނި ރޫޅުން އިރު ފިލްމީ ދާއިރާއަށް އޭނާ ނުކުތުމުގެ ކުރިން ކަމަށާއި ކައިވެނި ރޫޅެން ދިމާވީ އަނިޔާވެރި ބައިވެރިޔަކު ލިބުމުން ކަމަށެވެ.

ރިޝްމީގެ ކައިވެނި ވެސް ރޫޅެން ދިމާވެފައިވަނީ ފިލްމީ ދާއިރާއާއި ގުޅުން ހުރި ކަމެއްގައި ނޫން ކަމަށް ރިޝްމީ ބުންޏެވެ.

ދިވެހިންގެ ތެރޭގައި އެހެން މީހުން ކިޔާފާނެ އެއްޗަކަށް ވިސްނައި، ބޭނުންވާ ކަންކަން ކުރުމަށް ޖެހިލުންވާ މީހުން މަދެއް ނޫނެވެ. އަނިޔާވެރި ބައިވެރިއަކާއި ގުޅެވުމުން ދެން މީހުން ކިޔާފާނެ އެއްޗަކަށް ބަލައި މަޖުބޫރީ ހާލަތެއްގައި ދިރިއުޅުން ކުރިޔަށް ގެންދާ މީހުންނެއް ވެސް މަދެއް ނޫނެވެ. ނުޒޫގެ ހަޔާތުގައި ދިމާވި އަނިޔާވެރި ބައިވެރިޔާގެ ކިބައިން ދުރަށްގޮސް އާ ބާބެއް ފަށާފައިވާއިރު ތަޖުރިބާކުރެވުނު ކަންކަމަށް އިޝާރާތްކޮށް ނުޒޫ ވަނީ އާންމުންނާއި އަންހެނުންނަށް ވަރުގަދަ މެސެޖެއް ދީފައެވެ.

 

"މިހާރު އުޅޭ އަންހެން ކުދިން ވިސްނާ މާ ބައިވަރު މީހުންނާ މެރީ ކުރީމަ ވެސް މީހުން ކީކޭތޯ ކިޔާނީ. އެގޮތަށް ވިސްނައިގެން އެ ގުޅުމުގައި ދެމިހުރެ މީހާ ހަލާކުވުމަށް ވުރެ، ނޫނީ ކައިރީގައި އުޅޭ އެހެން މީހުން ހަލާކުވުމަށް ވުރެ ރަނގަޅުވާނެ އެންމެ މީހަކު ދޫކޮށްލިއްޔާ، އެހެން މީހުންނަށް ވިސްނިއިފިއްޔާ އެ ރިލޭޝަން ޝިފް ނުފެނުން ކައިރީގައި އުޅޭ މީހުން ވަރަށް ބްރޭކް ވާނެ އަސްލު"ނުޒޫ ބުންޏެވެ.

ރިޝްމީ ބުނީ، މީހަކާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ވަރަށް ގިނަ ކަންކަމާއި، ވިސްނުން ވަރަށް މުހިންމު ކަމަށެވެ. އަދި ގުޅެން އުޅޭ ބައިވެރިވާއަކީ ދިރިއުޅުމުގައި ދިމާވެދާނެ ކަމަކަށް ބަލައި، އަންޑަސްޓޭންޑް ވާނެ މީހެއްތޯ ބަލަން ޖެހޭ ކަމަށް ރިޝްމީ ބުންޏެވެ.

"މީގަށް ބޮޑަށް ރިޝްމީއަށް ހީވާ ގޮތަށްވިއްޔާމުން ރިލޭޝަންޝިޕް ސްޓާޓް ކުރުމުގެ ކުރިން ކަންނޭނގެ ވިސްނަންވީ މިއީ މިސާލަކަށް އެކަހަލަ ސިޓުއޭޝަނެއް އައިސިއްޔާމުން ވާހަކަ ދައްކައިގެން އެއްޗެއް އަންޑަސްޓޭންޑް ވާނެ މީހެއްތޯ ނުވަތަ ނޫންތޯ ބަލާފަ ކަންނޭންގެ އަސްލު ރިލޭޝަން ޝިޕަކަށް ދާންވީ" ރިޝްމީ ދެކޭގޮތް ހާމަކުރަމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މިދެނ ހަބަ ރެއްތަ؟

  11
  2
 2. Anonymous

  ރިޝްމީ އެއްނޫން ނުޒޫ މަބޭނުމީ ހަޔާތުގެ ބައިވެރިޔަކައް ލިބެން.

 3. ބޮލީވޫޑް

  އަސްލުވާގޮތަކީ... އަންހެން ބޮލީވޫޑް އެކްޓަރާއެކުކުޅޭ ފިލްމްތަކާއި ލަވަތަކުގައި އެ ފެންނަ އޮޅުލާ ބައްދާލާ މަންޒަރަކީ އަސްލުކަމަށް ދެކިގެން ނުވާނެ... ދިވެހި ބޮލީވޫޑާއި ގުޅޭނީ ދިވެހި ބޮލީވޫޑުން

 4. އަންހެނުންނަށް

  ސައްތައިން ސައްތަ ޤައުމެއްގައި އުޅޭ ސައްތައިން ސައްތަ ދިވެހި ބޮލީވޫޑް ތަރިން.....ވަރަށް މައްސޫރުބައެއްތީ

  7
  1