މިއި އެކަނިމާ އެކަނި އަށް ދަރިން ބަލާބޮޑު ކުރަމުންދާ އިނގިރޭސިވިލާތަށް ނިސްބަތްވާ ހިތްވަރުގަދަ ބައްޕައެކެވެ. އެ ކުދިންގެ މަންމަ ކެންސަރާއި ހަނގުރާމަ ކުރަމުންދަނިކޮށް 2010 ވަނަ އަހަރު މަރުވުމާއި ގުޅިގެން ދަރިންގެ ހުރިހާކަމެއްހެން ބަލަމުން ދަނީ މި ބައްޕައެވެ. އޭނާގެ ނަމަކީ އިއާންއެވެ.

އިއާންގެ އަނބިމީހާ މަރުވުމުގެ ކުރިން ދަރިން ބެލުމުގެ ހުރިހާ ކަމެއް އޭނާއަށް ކިޔާދިނެވެ. އެ އަންހެން މީހާ މަރުވުމުގެ ކުރިން އިއާން ދަރިންނަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގެ ލިސްޓެއް ލިޔުނެވެ.

އިއާން ބުނީ، އޭނާގެ އަނބިމީހާ ނޫން މީހަކު އެ ދިރިއުޅުމަށް ބޭނުން ނުވާ ކަމަށާއި، ނުވެސް ގެންނާނެ ކަމަށެވެ.

"އޭނާ ވަނީ އަހަންނަށް ދަރިން ބަލަން ފަސޭހަކޮށްދީފައި. އޭނާ އެންގި ގޮތަށް އަހަރެން މި ދަނީ ދަރިން ބަލަމުން". އިއާން ބުންޏެވެ.

އިއާން ބުނިގޮތުގައި، އޭނާގެ ދަރިންނަކީ ކިޔެވުމުގައިވެސް ވަރަށް ރަނގަޅު ކުދިންތަކެއް ކަމަށާއި، އަދި އެކުދިން އޭނާއަށްވެސް އަޅާލާ ކަމަށެވެ.

އިއާން އާއި އޭނާގެ އަނބިމީހާ ބައްދަލުވެފައި ވަނީ ދެ މީހުންގެ އުމުރުން 14 އަަހަރުގައެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ 1985 ވަނަ އަހަރުއެވެ. މި ދެމަފިރިންގެ އެންމެ ބޮޑު ދަރިފުޅަށް މިހާރު 32 އަހަރު ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު