މީގެ 1000 އަހަރު ފަހުން ދުނިޔޭގައި އިންސާނުން އުޅޭނެ ކަމެއް ނޭނގެއެވެ. އޭގެ ކުރިން ދުނިޔެ ޤިޔާމަތް ވުމަކީ ވެސް ވެދާނެ ކަމެކެވެ. އެކަން ދެނެވޮޑިގެން ވަނީ ހުރިހާ އެއްޗެއް ހަލްގު ކުރެއްވި ﷲ އެވެ.

ދުނިޔެ އަދި 1000 އަހަރު މިގޮތައް ދެމި އޮވެއްޖެނަމަ އިންސާނުން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މަދު އަހަރުތަކެއްގެ ތެރޭގައި ކުރިން ނުކުރެވޭ އެތައް ކަމެއް، ކުރެވޭގޮތް އިންސާނުން މިވަނީ ހޯދާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިންސާނުންގެ ދިރިއުޅުމަށް އަންނާނެ ކަމަށް ލަފާކުރެވޭ އާދަޔާއި ހިލާފު ބަދަލުތައް އިންސާނުން މިދަނީ ލަފާ ކުރަމުންނެވެ. ސައިންސްވެރިން ކުރި ދިރާސާއެއްގައި މިވަނީ މީގެ 1000 އަހަރު ފަހުން އިންސާނުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ގޮތް ހާމަކޮށްފައެވެ.

ދިރާސާ ކުރި ސައިންސްވެރިން ބުނާގޮތުގައި މީގެ 1000 ފަހުން ކޮންޕިއުޓަރ ސްޕީޑް ހަމަޖައްސާނީ އިންސާނުންގެ ސިކުޑިންނެވެ. އޭރުން އާޓިފިޝިއަލް ވިސްނުންތަކާއި ހަނދާންތަކާއި އަޑުއެހުންތައް އުފެދޭނެއެވެ. އެ ހުރިހާ މައުލޫމާތު އަމިއްލަ ނަފްސާއި ދެކޮޅަށް ބޭނުންނުކުރުމަށް އިންސާނުން ހައްލުތަކެއް ހޯދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

އަދި ކޮންޕިއުޓަރުތަކާއި ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރާއިރު އިންސާނުންނާއި ރޮބޮޓުންގެ ގުޅުން އާދަޔާއި ހިލާފަތް ގާތްވެ އިންސާނުން ރޮބޮޓުންނަށް ބަރޯސާ ވުން އިންތިހާއަށް އިތުރުވެފައި އޮންނާނެ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

އޭގެ އިތުރުން އެ ޒަމާނުގައި މައިނުސިއުލް ނަމަކަށްކިޔާ ނަނޯ ރޮބޮޓްތަކެއް އިންސާނުންގެ ގައިގަ އަބަދުވެސް އޮންނާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. އަދި އަމިއްލަ އަށް ގޮތް ނިންމުމުގެ ބާރު އެދުވަހުން ރޮބޮޓްތަކަށް ލިބިފައި އޮންނާނެއެވެ.

ހަމަ އެފަދައިން 1000 އަހަރު ފަހުން ގުނާއަދަދު ނުކުރެވޭވަރުގެ ބަހުރުވައިން އިންސާނުންނަށް ވާހަކަ ދެކެވޭނެއެވެ. ނަމަވެސް ތިމާވެށީގެ މައްސަލަތައް ހާއްސަކޮށް ދުނިޔެ ހޫނުވުން ހީނުކުރާ މިންވަރަށް މަތިވެގެންދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

މިއީ ހަމައެކަނި ކުރާ ލަފާކުރުމެކެވެ. މިއީ ކޮންމެހެން ކަން އޮންނާނެ ގޮތެއް ނޫނެވެ. އަދި ކަންތައް ވާނެ ގޮތެއް ވެސް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެއްޔާ

    މިލިޔުމުގައި ހަގީގަތަކަށްއޮތީ ލިޔުން ފެށޭތަނާއި ލިޔުން ނިމޭތަން އެކަނި. ދެންހުރީ ހުސްފުލޯކު.

    13
    2
  2. ސައިންޓިސްޓު މުރޭ

    އެއްހާސް އަހަރު ފަހުން އަދި އިތުރު މީހަކާ އިންނަންވީ!

    10
  3. ފޭކު

    ދުނިޔެއް ނިމޭނޭ ކިޔަ އިން އުޅޭތާ އެތަށް ގަރުނެ އްވީ

    1
    3
    • ދުނިޔެ

      ދުނިޔެ ގިޔާމަތް ވުމުން ދުނިޔެ ނިމޭނެ. އޭގެ ކުރިން ތިމާ މަރުވުމުން ތިމާއަށް ދުނިޔެ ނިމޭނެ. ވަގުތު ޖެހެންދެން ކެއްކޮއްކާ

      2
      1