އެމޭޒަން ކުންފުނީގެ ވެރިޔާ ޖެފް ބެޒޮސް ކައިރިން ވަރިވުމުން ބިލިއަނަރަކަށް ވެފައިވާ މެކެންޒީ ސްކޮޓް އަނެއްކާވެސް 2.7 ބިލިއަން އެމެރިކާ ޑޮލަރު ހައިރާތުގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ އެކި ފަރާތްތަކަށް ހަދިޔާކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެކެންޒީ އެންމެ ފަހުން ފައިސާ ހަދިޔާ ކޮށްފައި ވަނީ 286 ޖަމިއްޔާ އަކަށެވެ. ފައިސާ ހަދިޔާ ކުރީ ހަމަހަމަކަމަށާއި ތައުލީމަށް އަދި އާޓްގެ އެކިކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށެވެ.

މެކެންޒީ އަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކަމަށްވާ ބެޒޮސްގެ ކައިރިން މެކެންޒީ ވަރިވީ 2019 ވަނަ އަހަރު އެވެ.

މިހާރު އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ އެމޭޒަން އަކީ މެކެންޒީގެ %4 ހިއްސާ އޮވެގެން 1994 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ބެޒޮސް ކައިރިން ވަރިވި ފަހުން މެކެންޒީ މިހާތަނަށް ހަތަރު ބިލިއަން އެމެރިކާ ޑޮލަރު އެކި ފަރާތްތަކަށް ހައިރާތުގެ ގޮތުގައި ހަދިޔާކޮށްފި ކަމަށް ވެއެވެ.

ފޯބްސް އިން ބުނާ ގޮތުގައި މެކެންޒީ އަކީ މިހާރު ދުނިޔޭގައި ހުރި 22 ވަނަ އަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި 59.5 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ފޯބްސް އިން ލަފާކުރެއެވެ.

2019 ވަނަ އަހަރު މެކެންޒީ ބުނެފައި ވަނީ އޭނާގެ އަމާޒަކީ އޭނާގެ މިލްކިއްޔާތުގައި ހުރި ގިނަ ފައިސާ ބޭނުން ޖެހިފައިވާ އެކި ފަރާތްތަކަށް ހަދިޔާ ކުރުން ކަމަށެވެ.

މެކެންޒީ ވަނީ ދާދިފަހުން ސައިންސް ޓީޗަރަކާއި ކައިވެނި ކޮށްފައެވެ. އޭނާ ކައިވެނި ކުރީ އޭނާގެ އަންހެން ދަރިފުޅު ކިޔަވަންދާ ސްކޫލްގެ ޓީޗަރަކާއި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    މިޤަުމުގައި ތިބިނަންކިޔާމުއްސަނދިން ނަށް ވަރަށޤ އުނދަގުކަމެއްމީ ، މިހާރު އެތައް ރިސޯޓް ތަކުގެ އޯނަރުންވެސް ކުދިވިޔަފަރިކުރާ މީހުންހިންގާ ކަންމަތީ ފިހާރަތައް ހިންގަން ފަށައިފި.

    10
  2. Anonymous

    މެކެންޒީ އަޅުގަނޑުމެންގެ ސަރުކާރުވަނީ އަނދަވަޅަކައް ވެއްޓިފަ ހައިރާތެއް ދެވޭކައް ނެއްތޯ...؟؟؟

    4
    1