މޮބައިލް ފޯނަކީ އާއްމު ދިރިއުޅުމުގެ ހިއްސާއެއް ކަމުގައިވެއްޖެއެވެ. އެހެންކަމުން އެއިން ހަށިގަނޑަށް ގެއްލުން ލިބޭ ނަމަވެސް އެއްކޮށް ދުކޮށްލެވެން ނެތް އެއްޗަކަށް މިވަނީ ވެފައެވެ.

ފޯނުގެ ސަބަބުން ލޮލަށް ގެއްލުންވާ ވާހަކައަކީ އަހަރެމެންނަށް ވަރަށް ގިނައިން އަޑުއިވިފައި އޮތް ވާހަކައެކެވެ. ހަމަމިއާއެކު ފޯނުގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބޭކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

ފޯނު ހޫނުވުމުގެ ސަބަބުން ނޮން އަޔަނައިޒިން ރޭޑިއޭޝަން ނުވަތަ ރޭޑިއޯ ފުރީކުއެންސީ އެނާޖީގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބެއެވެ.

ފޯނުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތައް ޑޮކްޓަރު ސްރިޝާ ސިންގްގެ އެހީގައި:

ހަންގަނޑު ހިރުވުން

ފޯނުގެ ސަބަބުން ހަންގަޑު ހިރުވުމާއި ރަތްވުމާއި އަދި ހަންގަނޑު އެނދުން ފަދަ ކަންތައްތައްވެއެވެ.

މޫނުމަތީގެ ހަންގަނޑުގައި ރޫޖެހުން

މިކަން އާއްމު ގޮތެއްގައި ކުރިމަތިވާނީ ލޮލުގެ ފެނުމުގެ މައްސަލަތައް އުޅޭ މީހުންނަށެވެ. ލޮލުގެ ކައިރީގައި ރޫޖެހުމާއި ނިތްކުރީގައި ރޫޖެހޭނެއެވެ.

ލޮލުގެ ކައިރި ކަޅުވުން

ޑިވައިސްތަކަށް ބެލުމުން ފޮނުވައިދޭ ނޫކުލަގެ ސަބަބުން ހަންގަނޑުގައި ޕިގްމެންޓޭޝަން އުފެދެއެވެ. ހާއްސަކޮށް ރޭގަނޑަށް ފޯނު ގިނައިން ބޭނުން ކުރުމުން ނިދުމާއި ދުރުވެ ލޮލުގެ ކައިރި ކަޅުވެއެވެ.

ހަންގަނޑުގައި ޖަރާސީމު އުފެދުން

މާހައުލުން އެތައް ޖަރާސީމެއް ފޯނުގައި ހުންނާނެއެވެ. މި ޖަރާސީމުތައް ހަންގަނޑަށް އަރައި ހަންގަނޑު އިންފެކްޓް ކޮށްލައެވެ.

ކަރުގައި ރޫޖެހުން

ގިނަ ވަގުތު ފޯނު ބޭނުން ކުރުމުން ކަރުގެ ހަންގަނޑުގައި ރޫޖެހި ހަންގަނޑު ހަލާކުވެއެވެ.

އެހެންކަމުން ފޯނު ބޭނުން ކުރުމުގައި ހަށިގަނޑަށް ގެއްލުން ނުވާ މިންވަރަށް ބޭނުން ކުރުން ރަނގަޅުވާނެއެވެ. ލޮލާއި ހަންގަނޑަށް ސަމާލުކަން ދޭންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    އެނގޭ. މާކުރިންވެސް އެނގޭ. ހަންގަނޑަށް އެކަންޏެއްނޫން. ލޮލަށްވެސް ގެއްލުންވޭ. ރޭޑިއޭޝަންގެ ސަބަބުން ލޮލުގެ ރެޓީނާ ހަލާކުވޭ.

    4
    1
  2. ާނަބާ

    އެންމެ ބޮޑަށް ގެއްލުންލިބޭނީ ހިތަށް ❤️ ހިތަށް ލިބޭ ގެއްލުންތަކުގެ ދިރާސާއެއް ކޮށްލިނަމަ އިނގެނީ 😂

    12
  3. ހުސޭނުބޭ

    މިހާރު އެނގިއްޖެ. ދެން ކޮންމެ ދުވަހަކު ފެންވަރާ ނިމިގެން ނީވިޔާ ކްރީމް އުގުޅާނީ މޯބައިލް ފޯނުގައި. އޭރުން ގެއްލުމެއް ނުވާނެނު!