ޔުގަންޑާގެ ކުޑަކުޑަ އަވަށެއް 14 އަހަރު ވަންދެން ކިނބުލެއްގެ އަޅުވެތި ކަމުގައި އޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ކޯރެއްގައި ދިރިއުޅޭ މި ކިނބުލަށް ދީފައިވާ ނަމަކީ އުސާމާ ބިން ލާދިންއެވެ.

އުމުރުން 75 އަހަރުގެ މި ކިނބޫ ވަނީ 1991 ވަނަ އަހަރާއި 2005 ވަނަ އަހަރުގެ ތެރޭގައި ވަނީ 80 ވަރަކަށް މީހުން މަރާލަފައިއެވެ. މިއީ އެ އަވަށުގެ އާބާދީގެ ދިހަ ބައިކުޅަ އެއްބައި މީހުންނެވެ.

ސޯޅަ ފޫޓުގެ ދިގުމިން ހުންނަ މި ކިނބޫ، ކޯރު ކައިރިއަށް ފެން ބަލައި އަންނަ ކުޑަކުދިންނަށް ހަމަލާދެއެވެ. މި އަވަށުގެ ރައްޔިތުން ބުނާގޮތުގައި އެ ކޯރުގައި ދަތުރު ކުރާ އޮޑިފަހަރަށް ވެސް މި ކިނބޫ ހަމަލާ ދެއެވެ. އެއްދު ވަސްވަރެއްގައި މަސްވެރިކަން ކުރާ އުޅަނދުތަކަށް ފުންމައިގެން އަރައި ކުއްލި ހަމަލާތައް ވެސް ދީފައިވެއެވެ.

''ފެނުގެ ތެރެއިން ކުއްލިއަކަށް އުސާމާ ފުންމައިގެން އަރައި ބޯޓުގައި ހުރަހަށް ޖެހިގަތް. އެވަގުތު އަހަރެން އިނީ ބޯޓުގެ ފަހަތް ކޮޅުގައި. އެބައި އެއްކޮށް އަޑިއަށް ދިޔަ'' ކިނބުލުގެ ހަމަލާއާ ކުރިމަތިލާން ޖެހުނު އެ އަވަށުގެ ރައްޔިތެއް ބުނެފައިވެއެވެ.

މި ހާދިސާގައި އޭނާގެ ބޭބެ ވަނީ މަރުވެފައެވެ.

މި ކިނބޫ ހިފާފައި ވަނީ 2005 ވަނަ އަހަރު ޖަންގަލީގެ އޮފިޝަލުންނާއި އެ އަވަށުގެ 50 ރައްޔިތުންގެ އެހީއާ އެކުގައެވެ.

މި ކިނބޫ މަރާލަންް އެ އަވަށުގެ މީހުން ބޭނުންވި ނަމަވެސް ކަމާބެހޭ ފަރާތްތަކުން ވަނީ މި ކިނބޫ ރައްކާތެރިކަމާއި އެކު އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޅުވެތިކަން

    ހަމަ ރަނގަޅު ނަމެއް ތި ފާސްކުރީ.

    17
    6
    • ހުސޭނުބޭ

      ކަމަކުނުދޭ! ނަތަންޔާހޫގެ ނަމަށް ބަދަލުކުރޭ

      18
      4
      • ިޮހޮއޭ

        ކައޭ ކިޔަން ވީނު ދެން

        2
        3