ދުނިޔެ އާއި ދާދި ގާތުން "ގޮތް ނޭނގޭ" ތަރިއެއް ފެނިއްޖެއެވެ.

ކޭމްބްރިޖް ޔުނިވަސިޓީގެ ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި އާދަޔާއި ހިލާފު މިތަރި ފެނުނީ ދުނިޔެ އާއި 25 އަލި އަހަރު ކައިރިންނެވެ.

މިތަރިއަށް ފަލަކީ އިލްމުވެރިން ދީފައިވާ ނަމަކީ VVV-WIT-08 އެވެ. ނަމުގައި ހިމެނޭ W އަކީ މިއީ ކޮން އެއްޗެއްކަން ނޭނގޭތީ އެކަމަށް ނިސްބަތްކޮށް ހިމަނާފައިވާ އަކުރެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ އިރަށްވުރެ 100 ގުނަ ބޮޑު ތަރިއެކެވެ.

"މިއީ މާސިންގާ ޕްލެނެޓަކަށް ނުވަތަ ކުނިގަނޑަކަށް ވެސް ވެދާނެ ކަމަށް އަހަރެމެންނަށް ލަފާކުރެވުނީ. އެކަމަކު މިހާރު އެންމެ ބޮޑަށް ލަފާކުރެވޭ ގޮތުގައި މިއީ ބޮޑު ކުނިގަނޑަކަށް ނުވާނެ." ތަރި ހޯދި ފަލަކީއިލްމުވެރިންގެ ޓީމްގައި ހިމެނޭ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މިހާރު ސައިންސްވެރިން ދަނީ މިތަރި ދަތުރު ކުރަމުންދާ ބާރުމިނާއި އޯބިޓްގައި މިތަރި ބުރުޖަހަން ހޭދަކުރާ މުއްދަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ޖައްވުގައި މިފަދަ އެތައް މިލިއަން ތަރިއެއް ހިމެނެއެވެ. ޝައުގުވެރި ކަންކަން ހުރި ތަރިއެއް ސައިންސްވެރިންނަށް ފާހަގަ ކުރެވުނުއިރު ދުނިޔެ އާއި 90 އަލި އަހަރު ދުރުން ދުނިޔެ އާއި ދާދިއެއްގޮތް ސިފަތައް ހުރި ޕްލެނެޓެއް ފެނިފައިވަލަން ވެސް އެމެރިކާގެ ޖައްވީ އިދާރާ އިން މިދިޔަ ހަފްތާގައި ވަނީ އިއުލާން ކޮށްފައެވެ.

އަލަށް ހޯދުނު މި ޕްލެނެޓަށް މިހާތަނަށް ދީފައިވާ ނަމަކީ (TOI-1231 b) އެވެ. ސައެންސްވެރިން ބުނާ ގޮތުގައި މި ޕްލެނެޓްގެ ވައިގެ ފަށަލައިގައި ވަރަށް ޝައުގުވެރި ކަންތަކެއް ހުރި ކަމަށް، ފެންނަ ފެނުމަށް ފާހަގަކުރެވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ވާރޭ ވިލާ ނުވަތަ ފެން އެކުލެވޭ ވިލާތަކެއް، ވައިގެ ފަށަލައިގެ ތެރޭގައި ހިމެނޭ ކަމަށް، ބެލެވުން ކަމަށް ސައެންސްވެރިން ބުނެ އެވެ.