އެމެރިކާގެ ދެކުނު ޑަކޮޓާގައި ކުޑަ އަންހެން ކުއްޖަކު ކޯރަކަށް ވެއްޓި ގެނބެމުން ދަނިކޮށް ސަލާމަތް ކުރި އެ ކުއްޖާގެ ބޭބެ މަރުވެއްޖެއެވެ.

މި ދެ ބެއިން ބައްޕައާއެކު ކޯރު ކައިރިއަށް ގޮސް އުޅުމުގެ ތެރޭގައި އުމުރުން 10 އަހަރުގެ ރިކީ ލީ ސްނިވް އާއި އޭނާގެ ކޮއްކޮމެންގެ ތެރެއިން ބައެއް ކުދިން ކޯރަށް ވެއްޓުނެވެ.

މަންމަ އާއި ބައްޕަ އެތަނަށް އައުމަށް ފަހު ވެއްޓުނު ތިން ކުދިންގެ ތެރެއިން ދެ ކުދިން ސަލާމަތް ކުރިއެވެ. އަދި ތިންވަނަ ކުއްޖާ ސަލާމަތް ކުރުމަށް ކޯރަށް ފުންމާލީ ރިކީއެވެ.

ރިކީގެ އަންހެން ކޮއްކޮ ޗަވެއްލާ ސަލާމަތް ސަލާމަތް ކުރުމަށް ފަހު ރިކީ ފައިޖެހޭ ހިސާބަށް ގެނެސްދިން ކަމަށް ވެސް ޗަވެއްލާ ބުނެފައިވެއެވެ.

ހުރިހާ ކުދިން ސަލާމަތް ކުރުމަށްފަހު ބައްޕަ އާއެކު ހުރިހާ ދަރިން ވެސް ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އެވަގުތު ރިކީ ނެތްކަން އެނގުނު ކަމަށް ރިކީގެ ބައްޕަ ބުނެފައިވެއެވެ.

އެތައް އެޖެންސީގެ އެހީއާއެކު ރިކީ ހޯދުމުގެ މަސައްކަތް އެ ވަގުތު ފެށިއެވެ. އެ ދުވަހުގެ ރޭ 10:30 ހާއިރު، ރިކީގެ ފުރާނަ ނެތް މަސްގަނޑު ވަނީ ފެނިފައެވެ.

ރިކީއަކީ އޭނާގެ މަންމައާއި ބައްޕަގެ ދޮށީ ދަރިފުޅެވެ. ރިކީގެ މަންމަ ބުނެފައިވާ ގޮތުގައި އެ ކުއްޖާ އަށް ލޯބިވުމަށާއި ދުނިޔޭގައި އުޅުމަށް ލިބިފައިވާ ފުރުސަތަށް ޝުކުރުވެރިވުމަށް ދަސްކޮށްދީފައިވާނެއެވެ.

ރިކީއަކީ ހަގު އުމުރުގައި ކޮއްކޮ ސަލާމަތްކޮށް ހީރޯއަކަށްވެފައިވާ ކުއްޖެއް ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީކޭ ބުނާނީ

    ބައްޕައަށް ސާބަހެއްނު

    5
    1