ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނުތައް އޮގަސްޓު މަހު ބާޒާރަށް ނެރޭނެ ކަމަށް ކޮރިޔާގެ ހަބަރުތައް ގެނެސްދޭ ފަރާތަކުން ބުނެފި އެވެ.

ކޮރިޔަން ނިއުސް، ޔޮން ހަޕް އިން ބުނެފައިވާގޮތުގައި ސެމްސަންގުގެ ފަތްޖަހާލެވޭ ދެ ފޯނެއް ކަމަށްވާ ޒެޑް ފޮލްޑް3 އާއި ޒެޑް ފްލިޕް3 މި އަހަރުގެ އޮގަސްޓު މަހުގެ ތިނެއް ނުވަތަ 27 އާއި ދެމެދުގެ ތާރީހެއްގައި ބާޒާރަށް ނެރޭނެ ކަމަށެވެ.

ސެމްސަންގުގެ ފްލިޕް3 ގައި ކުރިމަތީގައި ހިޑެން ކެމެރާއެއް ހުންނާނެ ކަމަށް ޓެކް އަޑުފެތުރިފައިވާއިރު ކުރިން ސެމްސަންގް އިން ނެރުނު ފޯނުތަކަށްވުރެ މި ފޯނުގެ އަގު ހެޔޮވާނެކަމަށް ހަބަރުތައް ބުނެ އެވެ. ދެން ސެމްސަންގް އިން ނެރޭ ފަތްޖެހޭ ފޯނުގައި ގިނައިރު ހިފަހައްޓާލެވޭވަރުގެ ބެޓަރީއެއް ހުންނާނެ ކަމަށް ވެއެވެ.

ސެމްސަންގުގެ ކަސްޓަމަރުންނަށް އޮގަސްޓް މަސް ބޮޑު މަހަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ. ޔޮން ހަޕް އިން ބުނާގޮތުގައި އޮގަސްޓު މަހު ސެމްސަންގުގެ ގެލެކްސީ ވޮޗް4 އަދި ވަޔާލެސް ހެޑްފޮން ގެލެކްސީ ބަޑް2 ވެސް ބާޒާރަށް ނެރޭނެ އެވެ.

ޓެކް ކުންފުނިތަކުގެ މެދުގައި ފަތްޖެހޭ ފޯނުގެ ވާދަވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ސެމްސަންގް އިން އާ ދެ ފޯނެއް ނެރުމުން ކަސްޓަމަރުން އިތުރުވެ ފަތްޖެހޭ ފޯނުތަކަށް އޮންނަ ޑިމާންޑު އިތުރުވެގެން ދާނެ އެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ސެމްސަންގުގެ އެސް21 ސީރީސްގެ ފޯނުތަކަށް ހަމައެކަނި ހުންނާނީ ސްނެޕްޑްރެގަން 888 ޗިސްޕެޓްއެވެ. އަދި އެ ފޯނުތަކުގައި ހުންނާނީ 120Hz އެމޯލެޑް ޑިސްޕްލެއި އެވެ. އަދި ފޯނުތަކުގައި 4,500 mAh ގެ ބެޓަރީ ހުންނާނެ އެވެ.