ބޮލީވުޑުގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ އަކްޝޭ ކުމާރާއި ޓުވިންކަލް ކަންނާގެ ކައިވެނީގެ ހަފުލާގައި ފޮޓޯ ނަގަން އުޅުނު ކަމަށް އެކްޓަރ އާމިރު ޚާން ބުނެފިއެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ކުރި މި ކައިވެނީގެ ހަފުލާއަކީ ވަރަށް އާދައިގެ ގޮތަކަށް މަދު މީސްކޮޅެއް ބައިވެރި ވެގެން ބޭއްވި ހަފުލާއެކެވެ. މި ހަފުލާގައި އާމިރު ޚާނާއި ފިލުމު މޭކަރ ދަރުމޭޝް ދަރުޝަން ފަދަ ބައެއް ފަންނާނުން ބައިވެރިވެފައިވެއެވެ.

މި ކައިވެނި ހަފުލާގެ ފޮޓޯތައް މީސް މީޑިއާ އިން ފެނުނު އަދަދު މަދެވެ. ނަމަވެސް އަކްޝޭއާއި ޓުވިންކަލްގެ ކައިވެންޏަށް 20 އަހަރު ފުރުމުން މި ކައިވެނީގެ ފޮޓޯތައް ވަނީ މީސް މީޑިޔާގައި ދަރުވާން ފަށައިފައެވެ.

މި ފޮޓޯތަކާއި ބެހޭގޮތުން ޓުވިންކަލް ކަންނާގެ ފޮތެއް ލޯންޗު ކުރުމުގެ ހަފުލާއެއްގައި އާމިރު ޚާން ވަނީ ފޮރުވިފައިވާ ސިއްރެއް ހާމަކޮށްފައެވެ.

''ޓުވިންކަލް ކަންނާ އަބަދުވެސް އަހަރެންގެ ބޭނުން ނަހަމަ ގޮތުގައި ކުރާނެ. ޓުވިންކަލް ކަންނާއާއި އަކްޝޭގެ ކައިވެނީގެ ހަފުލާގެ ފޮޓޯ ނަގައި ވީޑިއޯ ނެގުމަށް އަހަރެން ގާތު ބުނި. ޓުވިންކަލް އަހަރެން ގާތު ބުނީ ކައިވެނި ހަފުލާއަށް އަންނަ ގޮތަށް އައިސް ކައިވެނި ހަފުލާގެ ވީޑިއޯ ކުރަން ފަށަން'' އާމިރު ޚާން ބުނެފައިވެއެވެ.

ޓުވިންކަލް ކަންނާ އަކްޝޭއާ ކައިވެނި ކުރުމަށް އެއްބަސްވަމުން ބުނެފައިވަނީ ޓުވިންކަލްގެ ފިލުމު ''މޭލާ'' ފްލޮޕް ވެއްޖެނަމަ އަކްޝޭއާއި ކައިވެނި ކުރާނެ ކަމަށެވެ. ކޮފީ ވިތު ކަރަންގެ ޝޯގައި މި ވާހަކަ ހިއްސާ ކުރަމުން އަކްޝޭ ބުނެފައިވަނީ މޭލާ ފްލޮޕްވުމުން ޓުވިންކަލްއާއި އޭނާގެ ކައިވެނި ކުރެވުނު ކަމަށެވެ.