ރާއްޖޭގައި ގިނަބައެއްގެ މަގްބޫލުކަން ހޯދި މަރިޔަމް އައްޒަ (އައްޒަ)ގެ ޓޯކް ޝޯއަކީ މަޖާ ޝޯއެކެވެ. އެ ޝޯއަކީ 2017 ވަނަ އަހަރުން ލޯންޗް ކުރި އެތައް ބައެއްގެ ސަމާލުކަން ހޯދި ޝޯއެކެވެ. ކުރިން އައިސްޓީވީން ދައްކަމުންދިޔަ ޝޯގެ އާ އެޕިސޯޑްތައް މިހާރު ދައްކަމުން ދަނީ ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމުންނެވެ.

އެ ޕްރޮގްރާމުގެ އާ އެޕިސޯޑްތަކެއް ދައްކަމުންދާއިރު، މަޝްހޫރު ތަރި ރަވީ ފާރޫގް (ރަވީ)ގެ އެޕިސޯޑްގައިވެސް އެތައް ވާހަކައެއް ދައްކާފައި ވެއެވެ. ކުރިން ނެގޭ އެތައް ކަމެއް ހިއްސާކޮށްފައި ވެއެވެ.

އެގޮތުން އެ ޝޯގައި ދެކެވުނު ވާހަކައިގެ ތެރެއިން ރަވީ ބުނީ ރިޝްމީ އާއި އެކުގައި ހޭދަކުރެވިފައިވާ ދުވަސްތަކުގެ ތެރެއިން ނުވަތަ ކުރެވިފައިވާ ދަތުރުތަކަށް ބަލައި އެންމެ ހަނދާނުން ފޮހެލަން ދަތި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ހަނީމޫން ދަތުރު ކަމަށެވެ. އެއީ ކީއްވެެގެންކަން ރަވީ ވަނީ ހާމަ ކޮށްފައެވެ.

 

View this post on Instagram

 

A post shared by RISHMY RAMEEZ (@rishmyyr)

ރަވީ ބުނީ ހަނީމޫން ދަތުރަކީ ހަނދާނުން ފިލުވާލަން ދަތި ދަތުރަކަށް ވެފައިވަނީ ދަތުރުގެ ދެބައި ކޮށްފަ އެއްބައި ދުވަސްތައް ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުމުން ކަމަށެވެ.

ދެކެވުނު ވާހަކައިގެ ތެރެއިން ރަވީ ބުނީ ހަނީމޫނަށް ގޮސް ހަތަރުވަނައަށް ވީ ދުވަހު ރިޝްމީ އެކްސިޑެންޓްވީ ކަމަށެވެ. އެކްސިޑެންޓްވާން މެދުވެރިވިގޮތް ކިޔައިދެމުން ރަވީ ބުނީ އެދުވަހު ދިޔައީ އެޑްވެންޗާ ޕާކަކަށް ކަމަށާއި، އެތަނުގައި ދެ ގަޑިއިރު ހޭދަކުރުމަށް ފަހު ދާން ވެގެން ދަނިކޮށް ބައިސްކަލުތަކެއް ފެނިގެން ބައިސްކަލަށް އެރީ ކަމަށެވެ.

"ބައިސްކަލު އަދި ދިނީ ވެސް ބުރަކި އާއި ހުރިހާ އެއްޗެއް އެންމެ ރަނގަޅު އެތި ރިޝްމީ ދުއްވަން. ދެން ހަމަ ދުއްވާފައި ގޮއްސަ ވަރަށް ސްޓްރީޕް މަގަކަށް އަޅައިގެން ގޮއްސި ދުއްވާފައި. ދެން އަޑު އިވުނީ ވެއްޓުން އަޑު. ދެން ދިޔަ އިރު (ކަކުލަށް އިޝާރާތްކޮށް) މިތަން ނުވެސް ނެތް. މީހާ އޮތީ ހޭނެތެން ގާތް ވެފައި. ދެން އެހިސާބުން ދިޔަ ގޮތަށް ދިޔައީ ހޮސްޕިޓަލަށް. ބާކީ އޮތް ހަތަރު ދުވަސް އުޅެން ޖެހުނީ އެކަމުގަ ހޮސްޕިޓަލުގައި" ރަވީ ކިޔައިދިނެވެ.

 

View this post on Instagram

 

A post shared by Mariyam Azza (@axzxa)

ޔާރާ ޕްރޮޑަކްޝަންއިން ފިލްމީ ދާއިރާއަށް ނުކުމެ، އާންމުންގެ މެދުގައި މަގްބޫލް ފިލްމީ ތަރި ރިޝްމީ އާއި ރަވީ ކައިވެނި ކުރީ 2019ވަނަ އަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގު ތު

    މި 2 ތަރިން ގެ ލޯބީގެ ވާހަކަ އަދި ވެސް ނުނި މޭ! އަންނަ ހަފްތާ އަށް އިންތިޒާރުކޮށްލައްވާ

  2. ވާނުވާ

    ދެން އަންނަގޮތަށް ފިލުމެއްކުޅެފައި ތަޅައިގަނެފައި ކާވެނި ރޫޅާލީމަ ހުންނާނީ ލޯބިވެވިފައި