ކޮންމެ އަންހެނަކުވެސް ފުރާފުރިހަމަ އަންެހަނަކަށްވާއިރު، ކައިވެނި ކުރަން ބޭނުންވާނެއެވެ. އެ ދުވަސް އެއީ އެ މީހުން އެންމެ ދެކެން ބޭނުންވާނެ ދުވަހެއެވެ. މި އަންހެންމީހާވެސް ބޭނުންވީ އެހެންނެވެ.

2015 ވަނަ އަހަރު ދެ މީހުން ބައްދަލުވެ ލޯބީގެ ގޮތުން ގުޅިގެން އުޅެން ބޭނުންވީއެވެ. އަދި 2016 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި ޑޭވް ހޭތާ ކައިރިން އިންނަން އެހިއެވެ. އުުފަލުން ހުރެ ހޭތާ ދިން ޖާވަބަކީ "އާނ"އެކެވެ. އެ ދުވަހު ދެ މީހުން އެންގޭޖްވެސް ކުރެވުނެވެ.

ނަމަވެސް ކުއްލިއަކަށް އެ އުފާވެރިކަމަށް ލޮޅުން އެރީ ހޭތާ ދެއްކި ވާހަކައަކުންނެވެ. ހޭތާ ޑޭވިޑް ކައިރީ ބުނީ، އޭނާ އުރަމަތީގައި ނަގާފައިވާ އެއްޗެއްގެ ސަބަބުން އޭނާއަށް ކެންސަރު ޖެހިދާނެކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ. އެހެން ނަމަވެސް އެ ހިތާމަތަކުން އަރައިގަތުމަށް ދެ މީހުން އެކީ ދިޔައީ މަސައްކަތް ކުރަމުންނެވެ.

އަނެއްކާވެސް ޑޮކްޓަރުން ދިނީ ހިތާމަވެރި ހަބަރެކެވެ. ޑޮކްޓަރުން ބުނީ، އެ ކެންސަރުގެ އަސަރު ހޭތާގެ ސިކުނޑިއަށް ކުރަމުން އަންނަ ކަމެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި ހޭތާ ހާއްސަ ފަރުވާދޭ ކޮޓަރިއަށް ބަދަލުކޮށް އެތަނުގައި އޭނާއަށް ފަރުވާދޭން ފެށިއެވެ.

އެންމެ ފަހުން މި ދެ މީހުންގެ ކައިވެނި ކުރީ ހޮސްޕިޓަލުގައެވެ. އެ ކައިވެނީގެ ހަފްލާގައި ދެ މީހުންގެ ރަހުމަތްތެރިންނާއި އާއިލާ ބައިވެރިވިއެވެ.

އެ ކައިވެންޏަށްފަހު ހޭތާ ދިރިހުރީ 18 ގަޑިިއިރުވަންދެންނެވެ. ހޭތާ މި ދުނިޔެއާ ވަކިވީ އުފަލުންނެވެ. އޭނާގެ ލޯބިވެރިޔާ އާއި ކައިވެނިވެސް ކުރެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު