ދުނިޔޭގެ އާބާދީ އަށް ބިލިޔަނަށް އަރާފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ވައްތަރުގެ މީހުން ދިރިއުޅެ އެވެ. ބައެއް މީހުންނަކީ އުފެދުމުގައި އެހެން އެންމެންނާ ތަފާތު ކުޅަދާނަކަމެއް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ވިސްނުމުގައި ހުރި މީހުންނެވެ. ދާދިފަހުން މިސްރުގެ އެއް އާއިލާގެ ދެމީހަކު މިވަނީ ފަސް ރެކޯޑު ހަދައި ގިނެސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދާފައި އެވެ.

މުހައްމަދު އަދި ހުދާ ޝެހެތާ އަކީ މިސްރުގެ އެއް އާއިލާ އަކަށް ނިސްބަތްވާ ދެމީހުންނެވެ. މުހައްމަދު އާއި ހުދާ އަކީ އެހެން މީހުންނާއި އަޅައިބަލާއިރު އާދަޔާ ހިލާފަށް އިސްކޮޅުން ދިގު ބިޔަ ދެމީހުންނެވެ. މީގެ ސަބަބުން އެމީހުންނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެ އެވެ.

34 އަހަރުގެ މުހައްމަދު ވަނީ ދެ ގިނެސް ވޯލްޑް ރެކޯޑު ހަދާފަ އެވެ. އޭނާގެ ބޮޑު އަތްތިލަ އާއި ދެއަށް ދެކޮޅަށް ދަމާލައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފައި އެވެ. މުހައްމަދުގެ އަތްތިލައިގައި 31.3 ސެންޓިމީޓަރު(12.32 އިންޗި) ހުރެ އެވެ. އަދި އޭނާގެ ދެއަތުގައި 250.3 ސެންޓިމީޓަރު (8 ފޫޓު 2.5 އިންޗި) ހުރެ އެވެ. މުހައްމަދުގެ ދެއަތުގެ ދިގުމިން ދިގު މީހެއްގެ އިސްކޮޅާއި އެއްވަރެވެ.

ހުދާ އާއި އޭނާގެ މަންމަ

ހުދާ ވަނީ ތިން ރެކޯޑެއް ހަދާފަ އެވެ. އެގޮތުން އޭނާ ހެދި ރެކޯޑު ތަކުގެ ތެރޭގައި މިހާރު ދުނިޔޭގެ ތިބި އަންހެނުންގެ ތެރެއިން ބޮޑު ފައިތިލަ އާއި އެންމެ ބޮޑު އަތްތިލަ ލިބިފައިވާ އަންހެނާގެ ރެކޯޑާއި އަދި އަންހެނެއްގެ އެންމެ ދިގު ދެއަތް ހުރި މީހާގެ ރެކޯޑު ވެސް އޭނާ ވަނީ ހޯދާފަ އެވެ.

ހުދާގެ ކަނާތު ފައިގެ ދިގު މިނުގައި 33.1 ސެންޑިމީޑަރު(1 ފޫޓު 1.02 އިންޗި) ހުރެ އެވެ. އޭނާގެ ވައަތުގެ ދިގުމިނުގައި 24.3 ސެންޓިމީޓަރު(9.56 އިންޗި) ހުރެ އެވެ. އަދި އޭނާގެ ދެއަތުގެ ދިގުމިން 236.3 ސެންޓިމީޓަރު(7 ފޫޓު 8.4 އިންޗި) ހުރެ އެވެ.

މުހައްމަދު އާއި ހުދާގެ އިސްކޮޅު ބަލަނީ

މުހައްމަދު އާއި ހުދާ ދިރިއުޅެމުން ގެންދަނީ އެމީހުންގެ މަންމަ، ރޫހީ އާއި އެކުގައި މިސްރުގެ ވެރިރަށް ގާހިރާ އާއި ކައިރީގައިވާ ކުޑަ ވިލެޖެއްގައި އެވެ.

ހުދާ އުފަންވެފައި ވަނީ 1991 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެވެ. އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އައިސް އާދަޔާ ހިލާފަށް ބޮޑުވާކަމުގެ އިހުސާސްތައް ކުރެވުނީ 12 އަހަރުގައެވެ. ހުދާ އާއި އެއްގޮތަށް މުހައްމަދުވެސް އާދަޔާ ހިލާފަށް ބޮޑުވާކަން ފާހަގަ ކުރެވުނީ އޭނާގެ އުމުރުން 12 އަހަރުގައެވެ.

މުހައްމަދު އާއި ހުދާގެ އިސްކޮޅު ދިގުވެފައި ހަށިގަނޑުން ބޮޑު ވުމުގެ ސަބަބުން އެމީހުން ލައި އުޅުނީ އެމީހުންނަށް ހާއްސަކޮށް ފަހާފައި ހުންނަ ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޑަގޮލާ

    ދެންހުރިތަންތަނުގައިވެސް މިންއަޅާބެލިނަމަ އިތުރު ރެކޯޑްސްތަކެއް ހެދުނިސްކަންނޭނގެ..

    17
    2
  2. މަމމމމމމމމްމމަމަމަމަމަަމަމަމަމަމމމމމމމމމމމމމމމމމމމމމމމމމމ