ބިންހެލުމަކީ އިންސާނުންނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. ގުދުރަތީ މިފަދަ ކާރިސާތަކަކީ އަބަދުވެސް ހިނގަ ހިނގާ ހުންނަ ކަންކަމެވެ. ކޮންމެ ދުވަހަކުވެސް ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް ބިންހެލުމެއް އަންނަ އިރު މިއިން ކޮންމެ ބިހެލުމަކީ ގެއްލުން ވާ ކަހަލަ ބިންހެލުންތަކެއް ނޫނެވެ.

ދުނިޔެއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 9.5 ގެ ބާރުމިނުގައި 1960 ވަނަ އަހަރުއެވެ. ޗިލީ އަށް އައި މި ބިންހެލުމަކީ ބިންހެލުންތަށް މޮނިޓަރު ކުރަން ފެށިފަހުން ރެކޯޑް ކުރެވުނު އެންމެ ބާރުމިނެވެ.

20 ވަނަ ގަރުނުގައި އައި އެންމެ ބާރުގަދަ ބިންހެލުން ގޮތުގައި ސިފަކުރާ މި ބިންހެލުމުގައި 2 މިލިއަން މީހުންގެ ގެދޮރު ގެއްލުނެވެ. އަދި މި ބިންހުމުގައި އުފެދުނު ބިޔަ ރާޅުތަކުގެ ސަބަބުން 6000 އަށްވުރެން ގިނަ މީހުން މަރުވިއިރު، ސުނާމީގެ ރާޅުތައް ފިލިޕީންސާއި ހަމައަށް ފޯރިއެވެ.

މި ބިންހެލުމުގެ ސަބަބުން 800 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ. އެއީ މިހާރުގެ އަދަދުން ބަލާނަމަ 6 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.

ސައިންސްވެރިން މީގެ އެތައް އަހަރުތަކެއް ކުރިން ވަނީ ބިންހެލުން ދިރާސާ ކުރަން ފަށާފައެވެ. އެދިރާސީ މަސައްކަތްތަކުން ސައިންސްވެރިނަށް ހޯދުނީ ދުނިޔެއަށް ބާރުގަދަ ބޮޑު ބިންހެލުމެއް އައުން އަނެއްކާވެސް ގާތްވެފައިވާކަމެވެ.

އެގޮތުން 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހުމަކީ ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެން ގިން މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮސްބެ

    ޔާމީނުވެސް ވެއްޖެ 800 މިލިއަން ޑޮލަރު ފޮރުވާފަ

    • ހުސޭނުބޭ

      ބުއްޅަބޭ ވެރިކަމަށް އައިއިރު ރަށްކުރިއަރުވާ ކޮމިޓީތަކާއި އަތޮޅު ކޮމިޓީތަކުގައި މިލިއަނުން ލާރިހުރި! މިކަމަށް ހެކިވާނެ މީހުން ބައިވަރު އެބައޮތް. އެ ހުރިހައި ލާރިއެއް ހިފައިގެން ގޮސް ބޮޑުވަގު އެ އުޅެނީ މައިބަދައޭ ކިޔާގެން.

      • ޢަހައްމާ

        ތިޔަ ވާހަކަޔަށް މިވާހަކަތައް އެޑް ކޮލީމަ ވަރަށް ސާފުވާނެ ވަގަކީ ކޮބާކަން.
        *ސާރކް ސަމިޓުގެ 600 މިލިޔަން
        * އެކި މިނިސްޓްރީ ތަކުން ކާލި 2 ބިލިޔަން ރުފިޔާ.
        * އަގު ކުރުމަކާ ނުލާ އެއަރޕޯޓް ވިއްކާލައި ގައުމަށް އަހަރަކު މަދުވެގެން 99 މިލިޔަން ޑޮލަރު ވަންނަ އެއަރޕޯޓޯ.
        *ފުލެޓް އަޅަށޭ ކިޔާފަ ޓާޓާޔަށް ދިން ބިންތަކުން ދައުލަތަށް ލިބުނު 400 މިލިޔަން ރުފިޔާގެ ގެއްލުމޯ. *ގައުމުގައި ހުޅު ޖަހައިގެން ލިބުނު 260 މިލިޔަން ރުފިޔާގެ ގެއްލުމޯ.
        *މިހާރުވެސް ގައުމުގެ އިގްތިޞާދު ފުނޑާލަން ބޭރުގަ ހުރެގެންކުރާ މަސައްކަތުން ގައުމަށް ލިބޭ ގެއްލުމޯ.

  2. ރަނގަބީލު

    މުޅި ގައުމު ކުރުގޮތަކަށް ބުނާނަމަ ވިއްކާލާފަ ނަސީދު ފޭބީ