ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އެންމެ ކާމިޔާބު ތަރިއަކީ ރިޝްމީ ރަމީޒެވެ. ރީތިކަމާއި އެއްވަރަށް އޭނާގެ މޮޮޅު ހުނަވެރުން ދިވެހިން އާޝޯހުކޮށްލައިފިއެވެ. އޭނާއަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ޑިސްޕިލިން އެއް ތަރިވެެސް މެއެވެ.

މީސް މީޑިއާގައި އަބަދުވެސް ފޭނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ރިޝްމީ ދޭތެރެއިން ދޭތެރެއިން އިންސްޓަގްރާގައި ފޭނުން އަހަން ބޭނުންވާ ސުވާލުތައް ކުރުމަށް ފުރުސަތު ދެއެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ދީވެސް ހަދައެވެ.

މަޝްހޫރު ތަރި ރަވީ ފާރޫގް އާއި ކައިވެނިކޮށްގެން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ރިޝްމީ އޭނާގެ ފޭނުންނަށް ސުވާލު ކުރުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި އެތައް ސުވާލަކާއި، އެތައް ވާހަކައެއް ފޭނުން އޭނާ ކައިރިން އަހާފައި ވެއެވެ. އަދި މީގެ ތެރެއިން ބައެއް ސުވާލަށް ޖަވާބުވެސް ދީފައި ވެއެވެ.

އެގޮތުން ރިޝްމީ ދަރިއަކު ހޯދަން ހިޔާލު ކުރަމުންދޭތޯ އާއި ދުވަހަކުވެސް އިތުރު ދަރިއަކު ހޯދަން ވިސްނަންތޯ ސުވާލުކޮށްފައި ވެއެވެ. އެ ސުވާލަށް އޭނާ ޖަވާބުވެސް ދީފައި ވެއެވެ.

އެ ސުވާލަށް ޖަވާބުދެމުން ރިޝްމީ ބުނީ، އެކަމާއި ހިޔާލު ނުކުރާ ކަމަށެވެ. އަދި ބަލަނީ ލިބިފައި ހުރި ދަރިފުޅު ރަނގަޅަށް ބެލޭތޯ ކަމަށް ރިޝްމީ ބުންޏެވެ.

"ރަވީ އާއި ދެ މީހުންގެ އެބަތިއްބެންނު ތިން ކުދިން،އެ މީހުން ރަނގަޅަށް ބަލާ، އެ މީހުންނަށް ރަނގަޅު ގޮތެއް ހޯދައި ދެވޭތޯ މި މަސައްކަތް ކުރަނީ". ރިޝްމީ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނީ، ވަރަށް މަސައްކަތްކޮށްގެންވެސް އުޅެވޭ ވަރަށް އާއްމުދަނީއެއް ލިބެނީ ކިރިޔަ ކިރިޔާ ކަމަށެވެ.

އަދި ރާއްޖޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ މީހުންނަށް ހީވާހާ ބޮޑު އާއްމުދަނީއެއް ލިބޭ ކަމެއް ނޫން ކަމަށް ރިޝްމީ ބުންޏެވެ.

"އެހެންވީމަ އިތުރު ކުއްޖެއް ހޯދާކަށް ހިޔާލެެއް ނުކުރަން، މާލީ ހާލަތު މިއަށްވުރެ ރަނގަޅުވާ ދުވަހަކުވެސް ނުވިސްނާނަމެކޭ ނުބުނާނަން". ރިޝްމީގެ ޖަވާބު ނިންމާލަމުން އޭނާ ބުނެފައި ވެއެވެ.

ރިޝްމީ ކައިރިން މީހަކު އެހި ސުވާލަށް އޭނާ ދިން ޖަވާބު!

ރިޝްމީ އާއި ރަވީ ކައިވެނިކޮށްފައި ވަނީ ގިނަ ދުވަސްތަކެއްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2019 ވަނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިސޯރު

    ތި ދެމީހުން އުޅެނީ އިނދެގެންތަ؟

    12
    2
  2. ސޯލިޙާ

    ރިޝްމީ ދޮންކަނބުލޯ. ކޮންމެ ފުރާނައެއްވެސް ދުނިޔެއަށް ފޮނުއްވަނީ އޭގެ ރިޒްޤާއި އެެކު. ކުދިން ބޭނުން ބައިވަރު މީހުން އުޅޭ އެންމެ ކުއްޖެއް ވެސް ނުލިބިގެން. ޝުކުރު ވެރިވޭ. ތިޔަ ދެމީހުން ގެ ލޯބިވެ ނިޝާނެއް ވެސް ހުރުން މުހިންމެއް ނޫންތޯ.
    މިހާރު އެގިއްޖެ ނު ތިޔަ ފިލްމީ މަސައްކަތުން ރަނގަޅު އާމްދަނީއެއް ނުލިބޭކަން ވެސް. އަނެއްކާ ތިމާގެ އާޚިރަތަށް އެއްވެސް ފައިދާއެއް ނެތްކަންވެސް. ސޯ މުސްލިމު ކަނބަލުން ގޮތަށް ހެދުން އަޅާލާ ރަވީއާއި ދެކަނބަލުން ވިޔަފާރި ކަހަލަ ކޮންމެސް މަސައްކަތެއް ފަށަމާ. މަޝްހޫރު ވީމަ ވިޔަފާރީގެ ތެރެއިން ކުރިއަށް ވެސްދާން ފަސޭހަވާނެ. ފަސްވަގުތު ނަމާދު ކޮށްލައިގެން އަނބި ދަރިންނަށް ރުޒްޤް ހޯދުމަށް މަސައްކަތް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެއް. އަނބިމީހާއަށް އޮތީ ފިރިމީހާގެ ގެއާއި މުދަލާއި ބަލަހައްޓާ، ދަރިން ތަރުބިއްޔަތުކުރުން.
    އަދި ވަގުތު ވާނަމަ ފިރިމީހާގެ މަސައްކަތުގައި އެހީތެރިވެ ދެވިދާނެ. މުސްލިމުންގެ ގޮތަކީ ދެދުނިޔޭގެ ޙަޔާތަށް މަސައްކަތް ކުރުން.
    މަންމަ ބުރުގާ އަޅާފައި ހުންނަ އިރު ދަރިން ބުރުގާ ނާޅާ. މުސްކުޅި ވީމަ އަޅަންޖެހޭ އެއްޗެއް ނޫން ބުރުގާއެއީ. އަންގަވާފައި އޮތީ ޢާއިލާ އާއި އަނބިދަރިން ނަރަކައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް. ހެޔޮވިސްނުން ދެއްވާށި އާމީން.

    56
    2
    • އެހެނތާ

      މަންމަވެސް ބުރުގާ އެޅީ މުސްކުޅިވަންދެން ނާޗަރަންގީ ކުޅެފަ

      6
      1
  3. ދޮހިކަރު

    އަހަންނަށް ހެޔޮ ކޮންމެ މީހަކު ކޮންމެ އިރަކުން ދަރިއަކު ހޯދަން ނިންމިޔަސް. ނޮޓް މައި ބިޒްނަސް.

    14
    3
  4. Anonymous

    ކުރާނެ މަސަތްކަތެއް ނެތިގެން ކަލޭމެން ކުރާކަމެއްތަ ފިލުމު ކުޅުން.

    9
    1
  5. ސިޑް

    ބުރުގާ އެޅުމަކީ ދީނުގައި އަންގަވާފައިވާ ކަމެއްކަން ޤަބޫލު ކުރަން. އެކަން ދިވެހިން މިހާރު ބުރުގާ އަޅަނީ، އަޅަން އަންގަވާފައިވާ ގޮތަށްތޯ ސުވާލު އުފެދޭ؟
    މީހެއްގެ ބޭރުފުށުން ބަލާފައި ޖަޖް ކުރުމަކީ ވަަރަށް ގޯސްކަމެއްކަމުގައި ދެކެން. ކިހިނެއްތޯ އެނގެނީ މި ކޮމެންޓްކުރާ މީހުންނަށްވުރެ އެދެމަފިރިންގެ އަހްލާޤާއި އީމާންތެރިކަން ވަރުގަދަވެސް ވެދާނެ ދެއްތޯ.
    އައި ރިއަލީ ލައިކް ރިޝްމީ.. ޝީ ސީމްސް ޑިފަޓެންޓް ދެން އަދާސް އިން ފިލްމީ އިންޑަސްޓްރީ. ރިޝްމީ އަކީ ވަރަށް ރަނގަޅު މޮމްއެއް ކަން މި ފުރުސަތުގައި ފާހަގަ ކޮށް ހިއްވަރުދެން... އެދެނީ އަބަދުވެސް ފާގަތިކަން...

  6. ކަތްރެވި

    އައްދޭ!! މިދެމީހުންނަށް ލިބިފަހުރި ދަރިން މަދީތަ؟؟ ރަވީއަށް ދެ ދަރިން! ރިޝްމީއަށް ދަރިއެއް!! ދެމަފިރިން އެއްތަންވީމަ އާއިލާއަކަށް ހަމަވާވަރަށް ދަރިން އެބަތިބި!! ދެންވެސް ވީ ނުފޯރާ ފޮތިން ފޫގަޅަންތަ؟؟