މިއީ ބަދަލު ހިފުމުގެ ގޮތުން މި ދެ މީހުން ރޭވި ބޮޑު ޕްލޭނެކެވެ. ބޭނުންވީ އެ މީހުންނަށް ބޭވަފާތެރިވަމުންދާ ލޯބިވެރިޔާއަށް ހަނދާނުން ފިލާ ނުދާނެ ވަރުގެ ލަނޑެއް ދޭށެވެ. މިކަމަށް ތައްޔާރުވެފައި ވަނީ، އެ މީހުންގެ ލޯބިވެރިޔާ ދުވަހަކުވެސް ހީކުރި ގޮތަކަށް ނޫނެވެ.

ކޮން ގައުމެއްކަން ހާމަކޮށްފައިނުވާމި ދެ އަންހެނުންނަށް އެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކަކާއި ކަން މި ވަނީ ހާމަވެފައެވެ. މީގެ އަށް ވަރަކަށް މަސް ކުރިން ފަށައިގެން އެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެކަކާއި ކަން އެނގުމުން އެ މީހުން އޭނާއަށް ބޮޑު އަދަބެއް ދޭން ބޭނުންވެގެން ޕްލޭން ކުރަމުން ދިޔައީ އެކުގައި ޗުއްޓީއަށް ގޮސް، އެއާޕޯޓް ތެރެއިން އެކަން ފަޅާ އަރުވާލައި، ދެ އަންހެނުން އެކުގައި ޗުއްޓީއަށް ދިއުމަށެވެ.

ކްރިސްޓިން ބިޝޮޕް ބުނެފައިވާގޮތުގައި، އޭނާއަށް މިދިޔަ މާރިޗް މަަަހު ފަހުކޮޅު އެއިރު އޭނާ އެއްވެސް ވަރަކަށް ނުދަންނަ މީހެއް ކަމަށްވާ ސޯފީ މިލާގެ ފަރާތުން ވޮއިސް މެއިލްއެއް އައެވެ. އަދި ސޯފީގެ އެ މެސެޖުގައި ބުނެފައި ވަނީ ކްރިސްޓީންގެ ލޯބިވެރިޔާ އެޑަމް (އަސްލު ނަމެއް ނޫން) އުޅެނީ އޭނާއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.

 

ފުރަތަމަ އޭނަ ސޯފީގެ ވާހަކަ ގަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް، ސޯފީ ވަނީ އެޑަމްގެ ގޭއަށް ގޮސް ކްރިސްޓީންއަށް ވީޑިއޯ ކޯލް ކޮށްފައެވެ. އަދި އެކަން ކަށަވަރު ކުރެވޭ ވަރުކޮށްފައެވެ.

މިއާއެކު ދެ މީހުން ވިސްނީ މިކަން ފަޅާ އަރުވަން ބޮޑު ޕްލޭނެއް ތައްޔާރު ކުރުމަށެވެ. އެގޮތުން ކްރިސްޓިން އާއި އެޑަމް އިސްޓަންބުލްއަށް ކުރަން އޮތް ޗުއްޓީ ދަތުރުގައި އެކަން ފަޅާ އަރުވަން ސޯފީ އާއި ކްރިސްޓީން ނިންމިއެވެ. އެގޮތުން އެޑަމްއަށް ނޭނގި ސޯފީވެސް ތުރުކީއަށް ދިޔައެވެ. އެހެން ފްލައިޓެއްގައެވެ. ބޭނުންވީ އެއާޕޯޓް ތެރެއިން އެކަން ފަޅާ އަރުވާލާށެވެ.

"ސޯފީ އައީ އެހެން ފްލައިޓެއްގައި، އެއީ އަހަރެމެން ބޭނުންވީ އެޑަމްއަށް އެކަން ނޭނގެން". ކްރިސްޓީން ބުނެފައި ވެއެވެ.

އަދި އިސްޓަންބުލްގެ ފާހަނަ ތެރެއިން ދެ މީހުން ބައްދަލު ކުރަން ފުރަތަމަ ނިންމިއެވެ. އަދި ހުރިހާ ޕްލޭންތަކެއް ހެދިއެވެ.

އެގޮތުން ޓާމިނަލް ތެރޭގައި ކްރިސްޓީންވަނީ ހުރިހާ ކަމެއް ފަޅާ އަރުވާލާފައެވެ. އަދި އޭނައަށް ހުރިހާ ކަމެއް އެނގޭ ކަމަށް އެޑަމް ކައިރީގައި ބުނެފައެވެ. އަދި އެޑަމް އާއެކު ހަދާފައިވާ ހުރިހާ ރިޒަވޭޝަންއެއް ސޯފީގެ ނަމަށް ބަދަލުކޮށްފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ. އެ ހުރިހާ ޒުވާބެއްގެ ތެރެއިން ސޯފީ އަށް ހަނާ އަޅާ އޭނާ އެތަނަށް ގެންނަތަން ފެނުމުން އެޑަމްއަށް ލިބުނީ ބޮޑު ސިހުމެއް ކަމަށް އެ މީހުން ބުނެފައި ވެއެވެ.

އެންމެ ފަހުން އެޑަމް އެތަނަށް ދޫކޮށްލާފައި ސޯފީ އާއި ކްރިސްޓީން ވަނީ ޗުއްޓީއަށް ގޮސްފައެވެ.