އިމާރާތެއް އެޅުމަކީ އެތައް މަހަކުން އެތައް އަހަރެއްވެސް ހޭދަވާ ކަމެކެވެ. އެހެން ނަމަވެސް ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ބްރޯޑް ގްރޫޕް މިއީ އާދައިގެ ކުންފުންޏެއް ނޫނެވެ.

ޗަންގޝާގެ މި ކުންފުނިން އެންމެން ހައިރާންކޮށްލާފައި ވަނީ 10 ބުރީގެ އިމާރާތެއް 28 ގަޑިއިރާއި 45 މިނުޓް ތެރޭގައި ނިންމާލުމުންނެވެ. އެއީ ގާތްގަނޑަކަށް އެ ދުވަހާއި ހަތަރު ގަޑިއިރެވެ.

އެހެންކަމުން މިހާ އަވަސް މިނެއްގައި ބޮޑު އިމާރާތެއް އެޅިގެން ދިޔައީ ކީއްވެގެން ކަން ގިނަބަޔަކު ބަލަން ބޭނުންވާނެތާއެވެ. އެއީ ޕްރި-ފެބްރިކޭޓެޑް ކޮންސްޓްރަކްޝަން ސިސްޓަމެެވެ. މާނައަކީ އެކަމަށް ބޭނުންކޮށްފައި ވަނީ ކުރިން އެޑްވާންސްކޮށް ފެކްޓްރީއަކުން ތައްޔާރުކޮށްފައިވާ ސެލްފް-ކޮންޓެއިންޑް މޮޑިއުލަރ ޔުނިޓްސް އެވެ.

މިއީ ކޮންޓެއިނަރަކާއި އެއްވަރުގެ ޕްރި-ފެބިރިކޭޓެޑް ޔުނިޓްތަކެވެ. މި ޔުނިޓްތައް އެ ސަރަހައްދަށް ގެންގޮސް، އެކަތި އަނެކަތި މަތީ ބަހައްޓާ އަޅުވަނީ ބޮލްޓެވެ. މިގޮތަށް ގޮސް މުޅި އިމާރާތް ހުންނާނީ ނިންމައި، ފެނާއި ކަރަންޓްވެސް ގުޅާފައެވެ.

ސީއެންެއެން އިން ރިޕޯޓްކޮށްފައިވާގޮތުގައި ބްރޯޑް ގްރޫޕް ކުންފުނިން 10 ބުރީގެ އެ އިމާރާތް އަޅަން ހޭދަވީ 28 ގަޑިއިރާއި 45 މިނުޓެވެ.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ ހަތަރު މިނުޓާއި، 52 ސިކުންތުގެ ޓައިމްލެޕްސްގައި އެ އިމާރާތުގެ މަސައްކަތް ކުރިއަށދާ ގޮތް ދައްކާފައި ވެއެވެ.

ގިނަބަޔަކު ވަނީ އެ ވީޑިއޯ ފެނިފައި ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރަދީފުލް ކުމާރު

  ތިޔަކުންފުނި އަވަހަށް ރާއްޖެގެންނަންވީ. ހުރިހާރަށެއްގާ ފުލެޓުއަޅާން. އޭރުން އެއްވެސްރައްޔިތަކު ފުލެޓަށްޖެހިގެންނެއްނޫޅޭނެ.

  48
  • ދޯ

   އިނޑިޔާގަ 12 ގަޑިރުން ތިކަން ކުރާނެ

   4
   9
   • ދީ

    ކަލެއަށް ހާދަ އެއްޗެއް ނޭނގޭ. އިންޑިޔާގައި 3 ގަޑިއިރުންވެސް އަޅާނެ.

    1
    2
 2. ދަރަނި ދަންތުރަ

  ކޮބާ ކަލޯ މެނަންފެނޭތަ ؟ މިއީ ޗާއިނާ ގެ ފެންވަރު ދިވެހިރާއްޖެ ތަރައްގީ ކުރެވޭނީ ޗައިނާ ޔާ ގުޅިގެން ، އިންޑިޔާ އެއީ އަޅުވެތިކުރަން މޮޅުބައެއް އެމީހުއްނަސް އެއްވެސް ގައުމެއް ތަރައްގީ ނުކުރެވޭނެ އިންޑިޔާ އަބަދުވެސް ބަލާނީ އެހެންގައުމުތަށް ލޫޓުވޭތޯ ...

  64
 3. Anonymous

  ނަސީބެއް ކަންނޭގެ މަ ކުރާކަންކަން ވީޑިއޯ ނުކުރާކަން.. ހާދަ ބަޔަކު އަޖައިބު ވީހޭ....

  3
  3
 4. ރަދީފް

  ޗައިނާ އާއި ވާދަކުރެވޭތޯ މަސައްކަތްކޮށް އެހެން ނަމަވެސް އެއްވެސް ކަމެއްގަ އަދި ޗައިނާ ފަހަތައް ޖައްސާނުލެވުނު އިންޑިޔާއަށް މިކަހަލަ ކަމެއް ކުރެވިދާނެ ބާ!!؟ ނޫން ، ނުކުރެވޭނެ.ނަމަވެސް އޮނު އަދި ފަން ނުވަތަ ޓިނު ބޭނުންކޮށްގެން އެއްޗެއް ހަދާލެވިދާނެ.ހެހެހެހެހެހެހެ.ވ.ވެދުން

  19
 5. ކީއްކުރާނީ

  މިގައުމުގެ މީހުންނަކަށް ނުކެރޭނެ ތިޔަ ގައުމުގެ އެއްވެސް ކަމަކާ ކައިރިވާކަށް މިހާރު. ފާގަތި ކުރިމަގެއް ލިބެން އޮތީ ޗައިނާއާ ގުޅިގެން. އެކަމު މިގައުމުގެ ވެރިން ތިބެން ބޭނުންވަނީ 10 އަހަރުން 10 ބުރީގެ އިމާރާތެއް ހެދޭނެ ކަހަލަ ސްލޯ ބައަކާ އެކު. ޗައިނާއިން އެމީހުންގެ މޮޅުކަން މުޅި ދުނިޔެއަށް ދައްކާތީ އެމެރިކާވެސް އެވަރަށް އެ ތެޅިފޮޅެނީ.

  16
 6. މީ

  މާޝާﷲ 😍❤️

  15
 7. ޝޯލާ ސިސްޓަމް

  ޢިންޑިޔާއޭފުރަތަމަތިކިޔަނީމިހާރުވެސް
  ގައުމުގެފަންސާސްފަސެންޓުމީހުންއުޅެނީ
  މަގުމައްސައްރީގެން...،!!!!!

  10