"އާޝިގީ 2" ފިލްމުގެ ލަވައިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އަންކިތް ތިވާރީ ޚިތުބާ (އެންގޭޖްމެންޓް) ކޮށްފިއެވެ.

އެންގޭޖްކޮށްފައިވާކަން އޭނާ ހާމަކޮށްފައިވަނީ އިންސްޓަގްރާމުގައި އޭނާކޮށްފައިވާ ޕޯސްޓްއަކުންނެވެ. މިޕޯސްޓްގައި "ފައިނަލީ އެންގޭޖްޑް" ގެ ހޭޝްޓެގާއެކު ވަރަށް ލޯބި ލިޔުންކޮޅެއް ލިޔެފައިވެއެވެ. އަންކިތް އެންގޭޖްކޮށްފައިވަނީ ޕައްލަވީ ޝުކްލާއާއެވެ. އަދި އަންކިތް ޚިތުބާކުރީ މާމަަށް ކަމުދިޔަ މީހެއްކާކަމަށްވެސް ބޭރުގެ ނޫސްތަކުގައިއެވެ.


އަންކިތް ތިވާރީގެ މައްޗަށް 2014 ވަނަ އަހަރު, ކުރީގެ ލޯބިވެރިޔާއާއެކު ގަދަކަމުން ޖިންސީގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވުނުނަމަވެސް، މިކުށް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކޯޓުންވަނީ ކަޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަނާރަން

    ހުތުބާ ކުރިއްޔާ މާރަނގަޅެއްނުން..

  2. މުޙައްމަދު

    ޚިޠުބާއަކީ ވަކި ޝަރްޠުތަކެއްގެ މަތިން އިސްލާމްދިނުގައި ކަނޑައެޅިފައިވާ ކަމެއް. ކާފަރުންނެއް ޚިޠުބާއެއް ނުކުރާނެ.