ދުނިޔޭގައި މިހާތަނަށް އުޅުނު އެންމެ ބިޔަ މަހްލޫގު ކަމަށް މިހާތަަނަށް ލިބުނު މައުލޫމާތައް ބަލާއިރު ކަށަވަރު ކުރެވެނީ ރައިނޯސެރަސްއެކެވެ.
މި ރައިނޯގެ ބޮލުގެ ކަށިގަނޑެއް ސައިންސްވެރިންނަށް ފެނުނީ 2015 ވަނަ އަހަރު އެވެ. މިއަދު ޗައިނާގެ އެކެޑެމީ އޮފް ސައިންސުން ވަނީ ރައިނޯ އާއި ގުޅޭ ގޮތުން ޗައިނާގެ ސައިންސްވެރިންގެ ޓީމަކާއި އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުން އެއްކުރި މައުލޫމާތުތައް ހާމަކޮށްފައެވެ.
ދިރާސާގައި އިސްކޮށް އުޅުނު ޗައިނާގެ ސައިންސްވެރިއެއް ކަމަށްވާ ޑެންގް ވިދާޅުވީ އާއްމު ގޮތެއްގައި ގިނަ ދުވަސްވީ ޖަނަވާރުތަކުގެ ކަށިތައް ފެންނަނީ ކުދިކުދި ވެފައިވަނިކޮށް ކަމަށް ވީނަމަވެސް ޗައިނާ އިން ފެނުނު ރައިނޯގެ ބޮލުގެ ކަށިގަނޑު އޮތީ ހަލާކު ނުވެކަމުން ސައިންސްވެރިންގެ ދިރާސާއަށް ވަރަށް ބޮޑު ދަސޭހަކަމެއް ލިބިގެން ދިޔަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނު ރައިނޯގެ ބޮލުގެ ނާށިގަނޑުގެ ބޮޑުމިނުގައި ތިން ފޫޓް ހުރި. އެއްވެސް ވަރަކަށް ހަލާކުނުވެ ވަރަށް ރަނގަޅަށް އޮތް ބޮލުގެ ނާށިގަނޑުގެ ސަބަބުން މިރައިނޯގެ ސައިޒް ލަފާކުރަން އުނދަގޫ ކަމަކަށް ނުވި." ޑަންގް ވިދާޅުވިއެވެ.
ޑަންގް ވިދާޅުވީ ޗައިނާ އިން ފެނުނު ރައިނޯގެ އަސްލު ބަރުދަނުގައި 24 ޓަނު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އެއީ ބޮޑު ހަ އެތުގެ ބަރުދަނެވެ. ރައިނޯގެ ބޮލާއި ބިމާއި ދެމެދު 23 ފޫޓް ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ހަށިގަނޑުގެ ދިގު މިން ކަމަށް ސައިންސްވެރިން ލަފާކުރަނީ 26 ފޫޓެވެ.
"މިއީ މިހާތަނަށް ދުނިޔޭގައި އުޅުނު އެންމެ ބިޔަ މަހްލޫގު." ޑަންގް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ޗައިނާ އާއި ޕާކިސްތާން އަދި ކަޒަކިސްތާން ސަރަހައްދުން ސައިންސްވެރިންނަށް ވަނީ ބޮޑެތި ރައިނޯތައް އެސަރަހައްދުގައި މީގެ ޒަމާންތަކެއް ކުރިން އުޅުނުކަމުގެ ހެކިތައް ލިބިފައެވެ.
މީގެ 31 މިލިއަން އަހަރު ކުރިން ރައިނޯ ޕާކިސްތާން ސަރަހައްދުގައި އުޅުނު ކަމަށް ވެއެވެ. ނަމަވެސް ރައިނޯ އަށްވުރެ މާކުރިން ޑައިނަސޯ ދުނިޔޭގައި އުޅެފައި ވެއެވެ. ސައިންސްވެރިން ބުނާ ގޮތުން މީގެ 125 މިލިއަން އަހަރު ކުރިން ދުނިޔޭގައި ޑައިނަސޯ އުޅެފައި ވެއެވެ.
23 ފޫޓް ވީމަ އެއީ ދެ ބުރިގެއްގެ އުސްމިނެއްނު. ޢަހަރެން ހީކިރީ ޑައިނަސޯ 10ބުރި އިމާރާތެއް ވަރުވާނެކަމަށް
ރައިނޯ އާއި ޑައިނޯ ތަފާތު ވާނެ
ޢާދަ މް އަލަހިއް ސަލާ މުގެ އުސް މިނަކީ 60 މުށް...
މާގިނަ ދުވަހެއްނުވެ އިންޑިއާއިން ނޫނީ އެ މެރިކާ އިން އެން މެ ބޮޑު ޑައިނަސޯގެ ބޮލެއް ނަގާފަ ޓެސްޓް ކުރަންފަށާނެ. ތިވަރަކުން އަދި ނުނި މޭނެ.
ޑައިނަސޯރ ގެ ނަމަކީ ޕެރަސެރަތީރިއަމް. އެއީ އެންމެ ބޮޑު މަންމަލި ޖަނަވާރު.