ބޮލީވުޑުގެ ކާމިޔާބު ފިލުމެއް ކަމުގައިވާ ކިލާޅިއޯންކާ ކިލާޅީއަށް 25 އަހަރު ފުރުމުން އެކަން ފާހަގަ ކުރުމަށް ފިލުމުގެ އެކްޓަރ އަކްޝޭ ކުމާރު ކޮށްފައިވާ ޓުވީޓެއް މީސް މީޑިއާގައި ވައިރަލްވެ އަންޑަޓޭކާގެ ދައުވަތެއް އަކްޝޭއަށް ލިބިއްޖެއެވެ.

މި ފިލުމުގައި އަކްޝޭއާއި އަންޑަޓޭކާގެ ރެސްލިންގް މެޗެއް ދައްކުވައިދީފައިވެއެވެ. މި މެޗުގައި އަސްލު ދައްކުވައިދީފައިވަނީ އަންޑަޓޭކާރ ނޫން ކަމަށާއި އެއީ ރެސްލާރ ބްރިއަން ލީ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. މިކަން އަކްޝޭ ހާމަކޮށްފައިވަނީ މީމްއަކުންނެވެ.

އަންޑަޓޭކާ ބަލިކޮށްފައިވާ މީހުން އަތްމައްޗަށް ނަގާށޭ ބުނެފައިވާ މި ޕޯސްޓުގައިވާ ހަތަރު މީހުންގެ ތެރެއިން އެކަކީ އަކްޝޭ ކުމާރެވެ. މި ޕޯސްޓު ހިއްސާކޮށް އަކްޝޭ ބުނެފައިވަނީ ކިލާޅިއޯންކާ ކިލާޅީއަށް 25 އަހަރުފުރުން ފާހަގަ ކުރުމަށް މި ބުނެދެނީ މަޖާ ހަގީގަތެއް ކަމަށާއި އެއީ ފިލުމުގައި ދި އަންޑަޓޭކާގެ ރޯލު އަދާކޮށްފައިވަނީ ރެސްލާރ ބްރެއިން ލީ ކަމަށެވެ.

މި މީމް މީސް މީޑިޔާގައި ދައުރުވެ އެތައް ބަޔަކު މިއަށް ކޮމެންޓްކޮށް ޝެއާރކޮށްފައިވެއެވެ. މި މީމް އަންޑަޓޭކާ އަށް ފެނުމުން އޭނާ ވެސް ވަނީ މިކަމުގައި ބައިވެރިވެފައެވެ.

އެގޮތުން އަސްލު މެޗަކަށް ތައްޔާރުވުމަށް އަންޑަޓޭކާ ބުނެފައިވެއެވެ. އަންޑަޓޭކާގެ މި ޓުވީޓަށް އަކްޝޭ ދީފައިވަނީ މަޖާ ޖަވާބެކެވެ.

މި ޕޯސްޓަށް ޖަވާބުދެމުން އަކްޝޭ ބުނެފައިވަނީ އޭނާގެ އިންޝުއުރެންސް ބަލާފައި ޚަބަރެއް ވާނެ ކަމަށެވެ. އަކްޝޭގެ މި ޖަވާބުން އަންޑަޓޭކާއާއި އެކު އަސްލު ރެސްލިން މެޗެއްގައި ބައިވެރިވާން އަކްޝޭ ކުމާރު ތައްޔާރު ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިލި

    އަންނިޔާ އެކު ގޮނޑި ދުއްވުމުގެ މުބާރާތެއްގައި ބައިވެރި ވުމުގެ ފުރުސަތު މައުމޫނަށް ނުލިބޭތަ އަޅެ؟

    13
    1
    • ހުސޭނުބޭ

      ފަލަކީ ގޮތުން އަދި މުބާރާތުގެ ވަގުތެއް ނުޖެހޭ

      • ޠ

        ހަހަހަ މިތިބަ ދެމީހުން