ބޮލީވުޑުގެ އެކްޓަރު އަރުޖުން ރާމްޕާލް އެންމެ ފަހުން މީސް މީޑިއާގައި އާންމުކުރި އޭނާގެ ފޮޓޯއާ އެކު އެތައް ބަޔަކު ހައިރާންވެއްޖެއެވެ.

އުމުރުން 48 އަހަރުގެ މި އެކްޓަރުގެ ބޮލުގެ އިސްތަށިގަނޑު ޕްލެންޓިނަމް ބްލޮންޑް ކޮށްލައި އައިނެއް އަޅައިގެން އިނދެ ނަގާފައިވާ މި ފޮޓޯތައް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

މިއީ އަރުޖުންގެ ކުރިއަށް އޮތް ފިލުމު ''ދާކަދް'' ގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ގެނައި ބަދަލެކެވެ. އަރުޖުން ބުނެފައިވަނީ ފިލުމެއްގައި ޗެލެންޖިން ބައެއް ކުޅެން ލިބުމަކީ އޭނާއަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މިކަމުގައި އޭނާއަށް އެހީތެރިވެދީފައިވާ ބައެއް ފަރާތްތައް ޓެގްކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

އަރުޖުން ރާމްޕާލްގެ މި ފޮޓޯއާއެކު އޭނާގެ ސަޕޯޓަރުންނާއި ފޮލާވަރުން ދަނީ ތައުރީފުގެ ކޮމެންޓްތައް ކުރަމުންނެވެ. ކުރިއަށް ވުރެ މިހާރު ފުރިހަމަ ކަމަށާއި އޭނާ އިންތިހާ އަށް ''ހޮޓް" ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިފަދަ އެތައް ތައުރީފުގެ ކޮމެންޓްތަކެއް އަރުޖުންއަށް ވަނީ ލިިބިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީގެ ސެލޫންއަކުން އަރުޖުން ނިކުތުމުން ގިނަ މީހުންނަށް އެއީ ކާކުކަން ވެސް ނޭނގުނެވެ.

އަރުޖުން ރާމްޕަލްއަކީ 2000 ގެ ކުރީގެ އަހަރުތަކުގައި އެންމެ ފާހަގަ ކޮށްލެވެނު އެއް އެކްޓަރެވެ. އޭނާ ފާހަގަކޮށްލެވުނު ފިލްމުތަކުގެ ތެރޭގައި "ދިލް ހެ ތުމާހާރާ"، "އެލާން"، "ޑޯން" ފަދަ ފިލުމުތައް ހިމެނެއެވެ.

މީގެއިތުރުން "އައިސް އޯމް ޝާންތި އޯމް"، "ރޮކް އޮން" ފަދަ ފިލުމުތަކަކީ ވެސް ފާހަގަ ކޮށްލެވޭ ފިލުމުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވ ރީތި! އަބަދުވެސް ރީތި އަސްލު

    6
    1