މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް އެންމެ އަވަހަށް ނެރޭ ލަވަ އަލްބަމަށް ކިޔާ ނަން އޭނާ ހާމަކޮށްފިއެވެ. އޭނާ ޓުވިޓާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ނެރޭ ލަވަ އަލްބަމަށް ކިޔާނީ "ރެޑް" ކަމަށެވެ.

ޓެއިލާ ސްވިފްޓް ބުނީ އޭނާގެ އަލްބަމެއް ނެރޭނީ އަންނަ ނޮވެމްބަރު މަހުގައި ކަމަށެވެ. އަދި އެ އަލްބަމުގައި 30 ލަވަ ހިމެނޭއިރު އޭގެތެރެއިން އެއް ލަވަ ދިހަ މިނެޓަށް ދިގުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މަޝްހޫރު ގިނަ ލަވަތަކެއް ހުށަހަޅައި ދިން ޓެއިލާ ސްވިފްޓް ބުނީ މިފަހަރު އޭނާ ނެރޭ ލަވަ އަލްބަމުގެ ލަވަތައް އޭނާގެ ހަޔާތާ ގުޅޭނެ ކަމަށެވެ. ދެ ވަނަ ފަހަރަށް ރެޑް ރިލީޒް ކުރަން ޓެއިލާ ސްވިފްޓް ބޭނުންވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖޭކް ޖިލެންހޯލް އާ ވަކިވުމުން އެކަމުގެ ހިތާމަ ހިއްސާކުރުމަށެވެ.

އުމުރުން 31 އަހަރުގެ ޓެއިލާ ސްވިފްޓުގެ ގިނަ ފޭނުން ބުނާ ގޮތުގައި ދެވަނަ ފަހަރަށް ރެޑް ނެރުމުން އޭނާގެ ކުރީގެ ހަނދާންތައް އާވެގެން ދާނެއެވެ.

ރެޑް އަލުން ރިކޯޑު ކުރުމުން ޓެއިލާ ސްވިފްޓް އަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް އޭނާވެސް ބުނެއެވެ. ރެޑް ފުރަތަމަ ރިލީޒް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. މި އަލްބަމުގެ ލަވަތައް ބިލްބޯޑް ހޮޓް 100 ގައިވެސް ހިމެނިފައި ވެއެވެ.

ބެސްޓް ކަންޓްރީ އަލްބަމް އަދި އަލްބަމް އޮފް ދަ ޔާ 2014 ގްރެމީ އެވޯޑަށް ވެސް ރެޑް ވަނީ ނޮމިނޭޓް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓެެެއިލަރް

    ♥️